ފަރުހާންގެ "ތޫފާން" ސިނަމާތަކުގައި ނާޅުވާ އެމެޒޯން އަށް؟

ފަރުހާން އަޚްތަރު--

ބޮކްސިން ކުޅޭ މީހެއްގެ ރޯލުން ފަރުހާން އަޚްތަރު ފެނިގެންދާ ފިލްމު "ތޫފާން" ސިނަމާތަކުގައި ނާޅުވަން ނިންމައިފި އެވެ.

މި ފިލްމު ސިނަމާތަކުގައި ނާޅުވާ ރިލީޒްކުރާނީ އެމެޒޯން ޕްރައިމަށް ކަމަށް ޚަބަރުތައް ބުނެ އެވެ. މަޝްހޫރު ފިލްމީތަރިއެއްގެ ފިލްމެއް ޑިޖިޓަލް ޕްލެޓްފޯމަކަށް ވިއްކާލާނީ ބޮޑު އަގެއްގަ އެވެ. ފިލްމު ކުޅެން 15 ކިލޯ ބަރުކުރި ފަރުހާން ވަނީ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ބޮޑީބިލްޑްވެސް ކޮށްފަ އެވެ.

ފަރްހާން ބުނީ ސިއްހަތަކީ އޭނާއަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ގެއްލުން ލިބޭ ކާނާ ކެއުން ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ފިލްމަށް ތައްޔާރުވުމަށް ފެޓްސް، ކާބްސް އަދި ސްޓާސް ހިމެނޭ ކާއެއްޗެހި ކާންޖެހުމުން ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫވި ކަމަށް ފަރްހާން ބުންޏެވެ. އަދި ތެޔޮ އެކުލެވިގެންވާ ކާނާ ކާންޖެހުމުން ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ގިނައިން އެފަދަ ކާނާ ކެއުމުން މަދު ދުވަސްކޮޅެއް ތެރޭ 15 ކިލޯ ބަރުކޮށްލެވުނު ކަމަށެވެ.

އޯމް ޕްރަކާޝް މެހެރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަންހެން ލީޑު ރޯލު ކުޅެނީ މުރްނާލް ތާކޫރެވެ.

comment ކޮމެންޓް