އަޔޫޝްމަންގެ "އަނޭކް" އަށް ތާރީހެއް

އަޔޫޝްމަން ކުރާނާ---

ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރި އަޔޫޝްމަން ކުރާނާގެ ކުރިއަށް އޮތް ފިލްމު "އަނޭކް" ރިލީޒްކުރަން ތާރީޚެއް ދީފިއެވެ.

މި ފިލްމަކީ އަޔޫޝްމަން "އާޓިކަލް 15" ގައި އެކުގައި މަސައްކަތް ކުރި އަނޫބަވް ސިންހާ އާ އެކުގައި މަސައްކަތް ކުރާ ދެވަނަ ޕްރޮޖެކްޓް އަނޭކް އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒް އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި އޭނާއާއެކު ހަރަކާތްތެރިވާނީ ކޮން ކޮން ތަރިންނެއް ކަމަށް ހާމަކޮށްފައެއް ނުވެއެވެ. ކުޅަދާނަ އެކްޓަރުގެ އަތުގައި ގިނަ ފިލްމުތަކެއް މިވަގުތު އެބައޮތެވެ. އޭގެ ތެރޭގައި ރަކުލް ޕްރީތު އާއެކު ކުޅޭ "ޑޮކްޓަރު ޖީ" އާ ސާރާ އަލީ ޚާން އާއެކު ކުޅޭ ފިލްމެއް ވެސް އެބައޮތެވެ.

ދާދިފަހުން އަޔޫޝްމަން ވަނީ ވާނީ ކަޕޫރާއެކު ކުޅޭ ފުރަތަމަ ފިލްމު "ޗަންދީގަޅް ކަރޭ އާޝިގީ" ގެ ޝޫޓިން ނިންމާލާފަ އެވެ. މިހާރު އެ ފިލްމު ރިލީޒްކުރާ ތާރީޚު ވެސް ވަނީ އިއުލާންކޮށްފައެވެ. މި ފިލްމު ދައްކާނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް