ބޮލީވުޑްގެ ކާމިޔާބު ބަތަލާ ކަރީނާ ކަޕޫރު 40، ވިހައިފިއެވެ.
ކަރީނާ އިއްޔެ ވިހޭއިރު އޭނާ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އޭނާ ވިހެއީ ބްރީޗް ކެންޑީ ހޮސްޕިޓަލްގައެވެ. ކަރީނާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުކަން ހާމަކުރީ މިދިޔަ އޯގަސްޓް މަހުގައެވެ.
ބަތަލާ ކަރީނާ އާ އެކްޓަރު ސައިފް ކައިވެނިކޮށްގެން ލިބުނު ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާނަށް މިހާރު ހަތަރު އަހަރެކެވެ. ކަރީނާ އަކީ ސައިފް ކައިވެނިކުރި ދެވަނަ މީހާއެވެ. މީގެ ކުރިން ސައިފް ވަނީ ބަތަލާ އަމްރިތާ އާ ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ވަނީ ދެ ކުދިން ލިބިފައެވެ. އެއީ ބަތަލާ ސާރާ އަލީ ޚާން އާ އިބްރާހިމް އަލީ ޚާންއެވެ. ސާރާ އަކީ ސައިފްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.
ކަރީނާ ދެވަނަ ދަރިފުޅަށް ބަނޑުބޮޑުވުމާއެކު ވަނީ މާބަނޑު އަންހެނުންނަށް ހާއްސަކޮށް ފޮތެއްވެސް ނެރެފައެވެ.