ސީޕްލޭން ހާދިސާގައި އަނިޔާވީ ކެބިން ކްރޫއަކަށް: ސިވިލް އޭވިއޭޝަން

މަންތާ އެއާގެ ސީޕްލޭނެއް ވެއްޓިފައި: ދެ މީހަކަށް ވަނީ އަނިޔާވެފައި -- ފޮޓޯ/ އެމްއެންޑީއެފް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި މަންޓާ އެއާގެ ސީޕްލޭން ވެއްޓުނު ހާދިސާގައި އަނިޔާވީ ބޯޓުގެ ކެބިން ކްރޫ އަށް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނެފި އެވެ.

ސީޕްލޭން ވެއްޓުނު ހާދިސާ އާއި ގުޅިގެން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު ބުލެޓިންގައި ބުނީ ހާދިސާގައި މައިނާ އިންޖަރީ އެއް ކުރިމަތިވީ ބޯޓުގެ ކްރޫ އަކަށް ކަމަށެެވެ.

ހާދިސާގައި އެއްވެސް މީހަކަށް ބޮޑު ގެއްލުމެއް ނުލިބެއެވެ.

ނަމަވެސް އެކެއްގެ ކޮނޑު ހުޅު ނެއްޓުނު އިރު އެކެއްގެ އަތަށް ތަދެއް އަރާފައިވާކަމަށް އެމްއެންޑީއެފް އިން މިއަދު ބުންޏެވެ.

އެ ހާދިސާއާ ގުޅޭގޮތުން މަންޓާ އެއާ އިން ބުނީ މިއަދު ވެއްޓުނު ބޯޓުގައި ތިބި ފަސިންޖަރުންނާއި ކްރޫ އިންނަށް ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާދީ، ހަދަން ޖެހޭ މެޑިކަލް އެގްޒެމިނޭޝަންތައް ހެދުމަށްފަހު ޑިސްޗާޖު ކޮށްލާފައިވާ ކަމަށެވެ.

ބޯޓު ވެއްޓުނު ހާދިސާގައި ހުޅުލޭ ފަޅުތެރެއަށް ބޯޓު ބަންޑުން ޖެހި ބޯޓުގެ ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.

މިއަދު ވެއްޓުނު ބޯޓަކީ ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން ވީއައިއޭ އަށް ޖައްސަން އައި ބޯޓެކެވެ.

ބޯޓު ވެއްޓުނީ މިއަދު 7:30 ހާއިރު އެވެ. ހާދިސާ ހިނގިއިރު، ބޯޓުގައި ތިން ކްރޫ އިންނާއި ހަ ފަސިންޖަރުން ތިއްބެވެ.

comment ކޮމެންޓް