އޮންދިގޯގެ އާ ވެބްސައިޓް ރީ ބްރޭންޑްކޮށް ލޯންޗުކޮށްފި

އޮންދިގޯގެ އާ ވެބްސައިޓު ލޯންޗުކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ އޮންދިގޯ ކުންފުނިން އެ ކުންފުނީގެ ވެބްސައިޓު ރިބްރޭންޑުކޮށް، އަލުން ލޯންޗު ކޮށްފި އެވެ.

އެ ވެބްސައިޓް ރީ ބްރޭންޑްކޮށް ހުޅުވީ މިއަދު ހަވީރު އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ކާބޯތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އޮންދިގޯގެ ޗެއާމަން މުހައްމަދު ޖުނައިދު މިއަދު ވިދާޅުވީ ކުންފުނީގެ ވެބްސައިޓަކީ، ކްލަޔަންޓުންނަށް އަދި ކަސްޓަމަރުންނަށް ވެސް ކުންފުންޏާ ގުޅޭ މައުލޫމާތު ހޯދައި ބަލަން މުހިންމު ވަސީލަތެއް ކަމަށެވެ. އެގޮތުން ކްލަޔަންޓުންނާ ވާހަކަ ދައްކައި، އާ ޕްރޮޑަކްޓުތައް ގެންނަން ބަލާ އިރު ކުންފުނީގެ މައުލޫމާތު ހޯދައި ބަލަން އެ މީހުން ބޭނުންކުރާ އެއް ވަސީލަތަކީ ވެބްސައިޓު ކަމަށާއި ރަނގަޅު ވެބްސައިޓެއް ފަރުމާކޮށް ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

އޮންދިގޯގެ އާ ވެބްސައިޓާ އެކު ކުންފުނީގެ މައުލޫމާތާއި ކުންފުނިން ރާއްޖެ އެތެރެކޮށް ވިއްކާ މުދަލުގެ މައުލޫމާތު ބަލައިލެވެ އެވެ.

http://ondhigo.com/

އެކުންފުނިން 14 ބްރޭންޑެއްގެ ކާބޯތަކެތީގެ ތަފާތު ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކަ އެވެ. އޭގެ ތެރޭގައި ޖޫހާއި ޕާސްތާ، ފުށް، ކިރުގެ ބާވަތްތައް، ހަނޑޫ، ސޯސް އަދި ކޯންފްލޭކްސްގެ އުފެއްދުންތައް ހިމެނެ އެވެ.

މީގެ ތެރޭގައި އިންޑިއާ، ލަންކާ، ޕާކިސްތާން، ޕޮލެންޑު، އިޓަލީ، ޔޫއޭއީ، މެލޭޝިއާ އަދި އިންޑޮނޭޝިއާ އާއި ތައިލެންޑުގެ އުފެއްދުންތައް ހިނެނެ އެވެ.

އޮންދިގޯގެ ޗެއާމަން ޖުނައިދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިތުރު އުފެއްދުންތައް ބާޒާރަށް ނެރޭނެ ކަމަށާއި ކާބޯތަކެތީގެ ވިޔަފާރި އަކީ ވާދަވެރި މާކެޓެއް އޮތް ދާއިރާ އެއް ކަމަށެވެ.

ކުންފުނީގެ ހަޔާތުގައި ފާއިތުވި ހަޔެއްކަ އަހަރަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް މެނޭޖުމެންޓާއި މުވައްޒަފުންގެ ހިތްވަރާ އެކު ކުންފުނި ކުރިއަށް ގެންދިޔުމުގައި ލިބޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް