އޭޑީކޭއިން ރާއްޖެ ގެންނަ "ލިބްރެސް"އަށް އދ. ގެ އެވޯޑެއް

އޭޑީކޭ ޖެނެރަލް ޓްރޭޑިން ކުންފުނީގެ ފަރާތުން ރާއްޖެ އެތެރެކުރާ އަންހެނުންނަށް ހާއްސަ "ލިބްރެސް" ބްރޭންޑަށް އދ. ގެ އެވޯޑެއް ލިބިއްޖެ އެވެ.

ސްވިޑިޝްގެ އުފެއްދުމެއްކަމަށްވާ "ލިބްރެސް"އަށް އދ.ގެ އެވޯޑެއް ލިބިފައިވަނީ، އޭޝިއާ ޕެސިފިކް ވިމެންސް އެމްޕަވަރމަންޓް އެވޯޑްސް ދިނުމަށް މިދިޔަ އަންގާރަ ދުވަހު ބެންކޮކްގައި ބޭއްވި ހަފްލާއެއްގައެވެ.

މި އެވޯޑްތަކަކީ ޕްރައިވެޓް ސެކްޓަރުގައި އަންހެން ލީޑަރުން ޕްރޮމޯޓް ކުރާ އައު އުފެއްދުންތައް ބަލައިގަތުމަށާއި، މަސައްކަތް ކުރުމުގެ މާޙައުލުގައި ހަމަހަމަކަން އުފެއްދުމަށާއި، ދަރިން ބެލެހެއްޓުމުގައި ހަމަހަމަ ބެލެނެވެރިކަމަށް އިސްކަންދިނުމަށާއި، އަންހެން ވިޔަފާރިވެރިންނަށް އެކަނބަލުންގެ ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގައި އެހީތެރިވެދީ އެކަންކަމަށް ބާރު އެޅުން މަގުފަހި ކުރުމަށްޓަކައި ދޭ އެވޯޑްތަކެކެވެ.

މިފަހަރު މުޅިން އައު 'ޔޫއެން ވިމެން ޕްރައިޒް ފޯ ޖެންޑާ އީކުއެލިޓީ އެވޯޑް' 18 ކުންފުންޏަކާއި ވަކި ވަކި ފަރުދުންނަށް ވަނީ ދީފައެވެ. މިއީ 17 ގައުމަކުން 400 އަށްވުރެ ގިނަ ބައިވެރިންގެ ތެރެއިން ހޮވާލެވުނު ބައެކެވެ. މިއީ ކޯވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެފައިވީ ނަމަވެސް، އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުނިތަކާއި ވަކި ވަކި ފަރުދުންނެވެ.

މިގޮތުން ލިބްރެސްއަށް ވަނީ ޔޫއެން ވިމެން އޭޝިއާ ޕެސިފިކް 2020 ގެ ފަރާތުން ދޭ 'ޖެންޑާ ރެސްޕޮންސިވް މާކެޓް ޕްލޭސް' (މެލޭޝިޔާ) ލިބިފައެވެ. ލިބްރެސް ގެ މިޝަންއަކީ އަންހެނުން އެމީހުންގެ ދިރިއުޅުމުގައި ބާރުވެރި ކުރުމެވެ. ލިބްރެސްއަކީ ދުނިޔެއަށް މަޝްހޫރު އަންހެނުންނަށް ޙާއްސަ ކުރެވިފައިވާ ބްރޭންޑެކެވެ. މި ބްރޭންޑަކީ ދިވެހި އަންހެނުންގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ބްރޭންޑެކެވެ. ރާއްޖޭގައި

ދެހާސްއެގާރަ އިން ފެށިގެން ލިބްރެސްގެ ސޯލް ޑިސްޓްރިބިއުޓަރަކީ އޭޑީކޭ ޖެނެރަލް ޓްރޭޑިންގްއެވެ.

comment ކޮމެންޓް