ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުރި ބިދޭސީއަކު ފިލައިފި

ޑިޓެންޝަން ސެންޓަރުން ފިލާފައިވާ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަސަނާ - ފޮޓޯ: ކަރެކްޝަންސް

އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ބޭރަށް ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުރި ބިދޭސީއަކު ފިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަންސް ސާވިސަސްގެ އޮފިޝަލަކު ވިދާޅުވީ ޑިޓެންޝަން ސެންޓަރުން ފިލާފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަސަނާ ކިޔާ މީހެއް ކަމަށެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން ކުރަމުންދާ ކަމަށް ކަރެކްޝަންސް އިންް ބުންޏެވެ.

އޭނާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކަރެކްޝަންސް ސަރވިސްގެ ނަންބަރު 9886125 އަށް ރިޕޯޓުކުރުމަށް ކަރެކްޝަންސް އިން އެދެއެވެ.

އޭނާ އަކީ ކޮވިޑަށް ނެގެޓިވްވެފައިވާ މީހެއް ކަމަށް ވެސް ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް