ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.
ރައީސް މައުމޫން ވެކްސިން ޖެއްސެވީ މިއަދު މެންދުރު ވަގުތުގައި ސެނެހިޔާ ހޮސްޕިޓަލުގަ އެވެ. ރައީސް މައުމޫންއާ އެކު އަނބިކަނބަލުން ނަސްރީނާ ވެސް ވަނީ މިއަދު ވެކްސިން ޖައްސަވައިފަ އެވެ.
ރައީސް މައުމޫން ވެކްސިން ޖެއްސެވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ ބޭފުޅުން ވެސް ކޮވިޑާ ދެކޮޅަށް ރައްކާތެރިކަން ހޯދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަސް ތެރޭގައި ކޮވިޑް-19 އަށް ޕޮޮޒިޓިވްވުމާ ގުޅިގެން ފަރުވާވެސް ހޯއްދަވައިފަ އެވެ. އެ ބައްޔަށް ފަރުވާ ހޯއްދެވުމަށް ރައީސް މައުމޫން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. ރައީސް މައުމޫން ބަލިން ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.
ރާއްޖޭގައި ކޮވިޑާ ދެކޮޅަށް މިވަގުތު ދެމުން ދަނީ އެސްޓްރާޒެނެކާ އާއި އޮކްސްފޯޑު ޔުނިވާސިޓީ އިން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ.