އަޔޫޝްމަންގެ "ޑޮކްޓަރު ޖީ" ގެ ބަތަލާ އަކަށް ރަކުލް

ޑޮކްޓަރު ޖީ އިން ފެނިގެންދާނީ އަޔޫޝްމަން އާ ރަކުލް---

ބޮލީވުޑްގައި މިހާރު އެންމެ ގަދައަށް ފިޔަޖަމުން އަންނަ ތަރި އަޔޫޝްމަން ކުރާނާ ކުޅޭ ފިލްމު "ޑޮކްޓަރު ޖީ" ގެ ބަތަލާގެ ރޯލަށް ރަކުލް ޕްރީތު ހަމަޖައްސައިފި އެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ޖާގަ ހޯދަމުން އަންނަ ރަކުލް ފިލްމަށް ސޮއިކުރިކަން ހާމަކުރަމުން ކުރި ޓްވީޓެއްގައި ބުނީ މި ހަބަރު ފޭނުންނަށް ހިއްސާކުރަން ލިބުމަކީ އުފާވެރި ކަމެއް ކަމަށެވެ. ފިލްމުގައި އަޔޫޝްމަން ކުޅޭނީ ޑރ އުދޭ ގުޕްތާ ކިޔާ މީހެއްގެ ރޯލެވެ. އަދި ރަކުލް މި ފިލްމުގައި ކުޅޭނީ ޑރ ފާތިމާ ކިޔާ ކެރެކްޓާއެކެވެ.

ފިލްމުގެ ޓީމާ ގުޅުމަށްފަހު ރަކުލް ނެރުނު ބަޔާނުގައި ބުނީ ފިލްމުގެ ހިއްސާއަކަށް ވުމުން ވަރަށް އުފާވާކަމަށާއި ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާ ކަމަށެވެ. ފިލްމުގެ ސްކްރިޕްޓް ފުރަތަމަ ފަހަރުވެސް ކިޔާލުމުން ވެސް ސްކްރިޕްޓް ވަރަށް ކަމުދިޔަ ކަމަށާއި މިއީ ވަރަށް ޝައުގުވެރި ފިލްމަކަށްވެގެންދާނީ ފިލްމެއް ކަމަށް ރަކުލް ވަނީ ބުނެފައެވެ.

މި ފިލްމުވެގެންދާނީ ރަކުލް އާ އަޔޫޝްމަން ސްކްރީނުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ޖަންގްލީ ޕިކްޗާޒްއިންނެވެ.

comment ކޮމެންޓް