ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގައި ރެޖިސްޓްރީވާން ހުޅުވާލައިފި

ސީއޭ މޯލްޑިވްސްގެ ކައުންސިލާ ރައީސް ސޯލިހު ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ދަ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ) ގެ މެންބަރުންނަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސީއޭ މޯލްޑިވްސް އަކީ އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ރެގިޔުލޭޓު ކުރުމަށް ރާއްޖޭގައި އުފައްދާފައިވާ ޕްރޮފެޝަނަލް ބޮޑީ އެވެ.

އެ އިންސްޓިޓިއުޓުން ބުނީ އިންސްޓިޓިއުޓުގެ އެސޯސިއޭޓް އަދި ފެލޯ މެންބަރުންނަށް ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެސޯސިއޭޓު މެންބަރުންނަށް ވެވޭނީ އައިއެފްއޭސީގެ މެންބަރު ބޮޑީއެއްގެ އެ އީ ސީއޭ އިން ގަބޫލުކުރާ މެންބަރަކަށް ވާން ޖެހޭނެ ކަމަށް ސީއޭ މޯލްޑިވްސް އިން ބުންޏެވެ.

ފެލޯ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ވާ ފަރާތްތަކަކީ އެސޯސިއޭޓު މެންބަރުންގެ ގޮތުގައި ބަލާ ޝަރުތުގެ އިތުރުން ޕަބްލިކް ޕްރެކްޓިސްގައި ހަރަކާތްތެރިވެފައިވާ ނުވަތަ ކޮމާސް އިންޑަސްޓްރީ ނުވަތަ މަތީ ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއޝަނެއްގައި ލެކްޗަރާއެއްގެ ގޮތުގައި އެކައުންޓިން ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ނުވަތަ އެކައުންޓެންޓެއްގެ ގޮތުގައި މަސައްޖަތްކުރާތާ ފަސް އަހަރު ވެފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސްގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވުމަށް 2،500 ރުފިޔާގެ އެނުއަލް ފީ އެއް ދައްކަން ޖެހެއެވެ.

މެންބަރުންގެ ގޮތުގައި ރެޖިސްޓްރީ ވުމަށާއި އިތުރު މައުލޫމާތު https://camaldives.org/ އިން ލިބޭނެ ކަމަށް ސީއޭ މޯލްޑިވްސް އިން ބުންޏެވެ.

މިއީ ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނާއެކު އުފައްދާފައިވާ އިންސްޓިޓިއުޓެކެވެ.

ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ ހުރިހ ފަރާާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ ހުރިހާ ކަމެއް ކުރުމުގެ ބާރު ގާނޫނުގެ ދަށުން ލިބެނީ މި އިންސްޓިޓިއުޓަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް