ހޯރަފުށީގެ ހަތް ބިމެއް ގެސްޓުހައުސް އަޅަން ބީލަމަށް

ހއ. ހޯރަފުއްޓާއި ގުޅިފައިވާ އެއާޕޯޓު---

ހއ. ހޯރަފުށިން ހަތް ބިމެއް ގެސްޓްހައުސް އެޅުމަށް ދޫކުރަން ނިންމައި ބިޑަށް ހުޅުވާލައިފި އެވެ.

ހޯރަފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެރަށުގައި ގެސްޓްހައުސް ހިންގުމަށް ޝައުުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބާއްވާ ސެޝަނެއް އަންނަ މަހުގެ ތިންވަނަ ދުވަހު ބާއްވާނެ ކަމަށާއި އެ ސެޝަން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށް ހޯރަފުށީ ކައުންސިލުން ބުންޏެވެ.

ބިޑު ހުށަހަޅަން ޖެހޭ ތާރީހަކީ ފެބްރުއަރީ 18 ވަނަ ދުވަހެވެ.

ގެސްޓްހައުސް ހިންގަން ދޫކުރާ ބިންތަކާ ގުޅޭ ތަފްސިލެއް ކައުންސިލުން ހާމައެއް ނުކުރެ އެވެ.

ގެސްޓްހައުސް އެޅުމަށް ހޯރަފުށިން ހަތް ބިމެއް ދޫކުރަން ނިންމާފައިވާއިރު އެ ރަށުގައި މިހާރުވެސް ހަތަރު ގެސްޓްހައުސް އެއް ހިންގަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެ ރަށުގައި ހުޅުވި ޑޮމެސްޓިކް އެއާޕޯޓާއެކު ގެސްޓްހައުސް ވިޔަފާރި އަށް ކުރިއެރުން އަންނާނެ ކަމަށް ބެލެ ވެއެވެ.

comment ކޮމެންޓް