ފަސްމީރު މަސްދަޅު އަގުހެޔޮކޮށްފި

ފަސްމީރު ތެޔޮ މަސްދަޅެއް -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިފްކޯ އިން ފަސްމީރު މަސްދަޅުގެ އަގު ހެޔޮކޮށްފި އެވެ.

މަސްދަޅުގެ އަގު ހެޔޮކުރުމާއެކު ކުރިން 640 ރުފިޔާ އަށް ވިއްކި ތެޔޮ މަސް 48 ދަޅުގެ ކޭހެއް 575 ރުފިޔާ އަށް ލިބޭނެ އެވެ. 13.50 ރުފިޔާ އަށް ވިއްކި ތެޔޮ މަސްދަޅުގެ އަގު 12.25 ރުފިޔާ އަށް ހެޔޮވާނެ އެވެ.

މީގެ އިތުރުން 595 ރުފިޔާ އަށް ވިއްކި ފެން މަސްދަޅު ކޭހުގެ އަގު ވަނީ 530 ރުފިޔާ އަށް ހެޔޮކޮށްފަ އެވެ. މިއާއެކު ވަކިން ފެންމަސްދަޅެއް މިހާރު 11.25 ރުފިޔާ އަށް ލިބޭނެ އެވެ. ކުރިން ފެން މަސްދަޅު ވިއްކީ 12.50 އަށެވެ.

އާ އަހަރާ ދިމާކޮށް މިފްކޯ އިން މަސްދަޅުގެ އަގު ހެޔޮކުރި އިރު، ހޯލްސޭލް ކަސްޓަމަރުންނަށް ވެސް ހާއްސަ އަގެއްގައި މަސް ކޭސް ލިބޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން މަސްދަޅުގެ އަގު ހެޔޮކޮށްފައި ވަނީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގަށް އައި ބަދަލާ ގުޅިގެންނެވެ.

comment ކޮމެންޓް