ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރެއިން ފެށިގެން ކުރިއަށް ގެންދާ މިކްސްޑް ޓީމް ޗެންޕިއަންޝިޕް 2020 މުބާރާތުގެ ފުރަތަމަ މެޗުތައް އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑެމީ (އައިބާ) އާއި އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑެމީ (އައިއެސްބީއޭ) އިން ކާމިޔާބު ކޮށްފި އެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ އައިބާ އާއި ސީއާރްސީ އެވެ. އަދި މެޗުގެ ފުރަތަމަ މެންސް ޑަބަލްސް ގޭމްގެ ދެ ސެޓު 15/5 އަދި 15/5 ގެ ނަތީޖާއަކުން އައިބާ ކާމިޔާބު ކުރިއިރު، މެޗުގެ ފުރަތަމަ ވިމަންސް ޑަބަލްސް ގޭމްގެ ދެ ސެޓުވެސް 15/7 އަދި 15/10 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިބާ އެވެ.
ރޭގެ ފުރަތަމަ މެޗުގައި ކުޅުނު ފުރަތަމަ މިކްސްޑް ޑަބަލްސް ގޭމްގެ ފުރަތަމަ ސެޓު 15/11ގެ ނަތީޖާއަކުން އައިބާ ކާމިޔާބު ކުރިއިރު، ގޭމްގެ ދެވަނަ ސެޓު 15/11 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސީއާރްސީ އެވެ. ނަމަވެސް އައިބާއިން ވަނީ ގޭމްގެ ތިންވަނަ ސެޓު 11/6ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގޭމުން މޮޅުވެފަ އެވެ.
އަދި ފުރަތަމަ މެޗުގެ ދެވަނަ މެންސް ޑަބަލްސް ގޭމުވެސް 15/13 އާއި 15/8ގެ ނަތީޖާއަކުން އައިބާ ކާމިޔާބު ކުރިއިރު، ދެވަނަ ވިމަންސް ޑަބަލްސް ގޭމްވެސް 15/7 އަދި 15/6ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިބާ އެވެ. އަދި 15/6 އާއި 15/4ގެ ނަތީޖާއަކުން މެޗުގެ ދެވަނަ މިކްސްޑް ޑަބަލްސް ގޭމާއި، 15/5 އަދި 15/10 ކުން މެޗުގެ ތިންވަނަ މެންސް ޑަބަލްސް ގޭމްވެސް ކާމިޔާބުކުރީ އައިބާ އެވެ.
ބީއޭއެމް މިކްސްޑް ޓީމް ޗެންޕިއަންޝިޕްގައި ރޭގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައި ވަނީ އައިއެސްބީއޭ އާއި ކްލަބް ސްޓެޓިކް އެވެ. އެ މެޗުގެ ފުރަތަމަ މެންސް ޑަބަލްސް ގޭމް 9/15 އަދި 10/15 އިން އައިއެސްބީއޭ ކާމިޔާބު ކުރިއިރު، ފުރަތަމަ ވިމަންސް ޑަބަލްސް ގޭމުންވެސް 13/15 އަދި 8/15 އިން އައިއެސްބީއޭ ވަނީ މޮޅުވެފަ އެވެ.
އޭގެ އިތުރުން އައިއެސްބީއޭއިން 8/15 އަދި 11/15 ގެ ނަތީޖާއަކުން ފުރަތަމަ މިކްސްޑް ޑަބަލްސް ވެސް ކާމިޔާބު ކުރިއިރު، އެ އެކެޑެމީއިން ވަނީ 14/15 އަދި 14/15 އިން ދެވަނަ މެންސް ޑަބަލްސްވެސް ކާމިޔާބު ކޮށްފައެވެ. އަދި އެ ދެ ގޭމްގެ އިތުރުން ދެވަނަ މިކްސްޑް ޑަބަލްސް އާއި ތިންވަނަ މެންސް ޑަބަލްސް 14/15 އާއި 9/15 އަދި 10/15 އާއި 9/15 އިން ކާމިޔާބުކުރީ އައިއެސްބީއޭ އެވެ.
ކްލަބް ސްޓެޓިކަށް އެ މެޗުގައި ކާމިޔާބު ކުރެވިފައިވާ ހަމައެކަނި ގޭމަކީ މެޗުގައި ކުޅުނު ދެވަނަ ވިމަންސް ޑަބަލްސް ގޭމެވެ. އެ ގޭމުގެ ފުރަތަމަ ސެޓު 15/14 އިން ސްޓެޓިކް ކާމިޔާބު ކުރި ނަމަވެސް، 9/15 ކުން ދެވަނަ ސެޓު ގެންގޮސްފައި ވަނީ އައިއެސްބީއޭ އެވެ. ނަމަވެސް ސްޓެޓިކް ވަނީ 11/4 ކުން ތިންވަނަ ސެޓު ކާމިޔާބުކޮށް، ގޭމުން މޮޅުވެފައެވެ.
ރޭގެ ނަތީޖާއާއެކު އައިބާ ވަނީ ހަތް ޕޮއިންޓާއެކު މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ހޯދައިފަ އެވެ. އަދި ހަ ޕޮއިންޓާއި އެއް ޕޮއިންޓާ އެކު ދެވަނަ އަދި ތިން ވަނަ އައިއެސްބީއޭ އާއި ކްލަބް ސްޓެޓިކް ހޯދާފައި ވާއިރު، ގްރޫޕް އޭގެ އެންމެ ފުލުގައި ވަނީ ހުރިހާ ގޭމަކުން ބަލިވި ސީއާރްސީ އެވެ.
މުޅިއަކު އަށް ޓީމާ އެކު ދެ ގްރޫޕަކަށް ބަހާލައިން ކުރިއަށް ގެންދާ އެ މުބާރާތުގައި ރޭ ކުޅެފައި ވަނީ ގްރޫޕް އޭގެ ދެ މެޗެވެ. އެ މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މިރޭ ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެވެ. އެ މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ފުރަތަމަ ޑިވިޝަންގެ ޗެންޕިއަން ރިވައިވަލް ސްޕޯޓްސް އާއި ކްލަބް ސްކޯ ސްޕޯޓްސްގެ އިތުރުން ޔުނައިޓަޑް ވިކްޓްރީ (ޔޫވީ) އަދި ދަ ގޯޅި ސްޕޯޓްސް ކްލަބެވެ.