އުމަރު ފުލުސް އޮފީހަށް ހާޒިރުކޮށް، ދޫކޮށްލައިފި

ޕީޕީއެމްގެ ވަގުތީ ނާއިބު ރައީސް އުމަރު ނަސީރު މިދިޔަ ހޯމަ ދުވަހުގެ ރޭ މުޒާހިރާގައި ދެއްކި ވާހަކައާ ގުޅިގެން އޭނާ މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުސް އޮފީސް ކުރިމަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރީ ހޯމަ ދުވަހުގެ ރޭ ދެއްކި ވާހަކައިގައި މުޒާހަރާ ހަރަކާތަކަށް ބަދަލްކޮށް އެހަރަކާތުގެ ތެރެއިން 2000 ވޮލަންޓިއަރުން ނަގައި އެމީހުން ހަރުގަނޑެއް ހިފައިގެން ގޮސް ހަރުގަނޑުން އަރާ އޭނާ ބުނާ ފާރުމަތިން ފުއްމާލުމަށް ގޮވާލި ކަމަށް ބުނާ މައްސަލައާ ގުޅޭ ސުވާލުކުރުމަށް ކަމަށެވެ.

އުމަރު ވިދާޅުވީ އެ ވާހަކައާ ގުޅޭ ގޮތުން އޭނާ ފުލުހުންނަށް ޖާވާބުދާރީވާން ވަރަށް ބޭނުން ކަމަށް ފުލުހުން ކައިރީގައި ވިދާޅުވި ކަމަށާއި ނަމަސް އެ ޖަވާބުދެވެން އޮތީ ކުރިން އޭނާ ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދާ ގުޅޭ ގޮތުން ހުށައެޅުއްވި ދެ މައްސަލައިގެ ކޭސް ނަމްބަރު ފުލުހުން ވިދާޅުވުމުން ކަމަށް ފުލުހުންގެ އަރިހުގައި ދެންނެވި ކަމަށެވެ.
"އަޅުގަނޑު އޮންނާނެ މީގެ ތިން އަހަރުކުރިން ހުށައަޅާފައި އިންޑިޔާގެ ނޫހެއްގައި ރައީސް ނަޝީދު ސޫލާސިރާޒް ބުއިކަމަށް ބުނާ މައްސަލައެއް. އެމައްސަލާގައި ޖަވާބެއް ނުދިން ތިން ފަހަރު ސިޓީލީމާ ވެސް. އެހެންވީމާ ފުރަތަމަ ބުނެދެއްވާށޭ އެ މައްސލައިގެ ކޭސް ނަމްބަރު މިތަނުގައި އޮންނާނެ، އެ މައްސަލަ ލޮގްކޮށްފައި. ކޭސްނަމްބަރު ބުނުމާ އެކު ޖަވާބްދޭނަން" އުމަރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ މަސްތުވާ ތަކެއްޗަށް ރައީސް ނަޝީދު ހިތްވަރުދެއްވައި ދައްކާވަފައިވާ ވާހަކަފުޅު ވެސް އޭނާ ތަހުގީގުކޯށްދެއްވުމަށް ފުލުހުންނަށް ހުށައެޅި މައްސަލާގައި ކޭސް ނަމްބަރު ދެއްވުމަށް އެދިލެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ އެ ދެ މައްސަލަގާއި ކޭސް ނަމްބަރު ފުލުހުން ވިދާޅުނުވުމުން ހަރުގަނޑު މައްސަލާގައި ވާހަކަ ނުދައްކާނެ ކަމަށް ފުލުހުން ކައިރީގައި ވިދާޅުވި ކަމަށާއި އިތުރަށް އެއްވެސް އެއްޗެއް ސާފުކުރަން ބޭނުން ނަމަ އަދި ފުލުސް އޮފީހަށް ހާޒިރުކުރާނެ ކަމަށް ބުނެ މިއަދު އޭނާ ދޫކޮށްލީ ކަމަށެވެ.

ލިޔުމާ ގުޅޭ ވީޑިއޯ

http://www.youtube.com/watch?v=SxcLqV8dzfI
ލިޔުމާ ގުޅޭ އޯޑިއޯ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު