ޑރ. ހަސަން އާއި އުމަރު ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި

ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް އުމަރު ނަސީރު ފުލުސް އޮފީހަށް ހާޒިރު ވުމަށް ޗިޓު ފޮނުވައިފި އެވެ.

ޑރ. ހަސަން އާއި އުމަރަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށް މާދަމާ ހެނދުނު 9:00 ޖަހާއިރަށް ފުލުހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ. ނަމަވެސް ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަފްސީލް އެ ދެ ބޭފުޅުންނަކަށް ދެއްވާފައެއް ނުވެ އެވެ.

ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޑިޕާޓްމަންޓްގެ އިސްވެރިއަކު ސޮއި ކުރައްވާ ޑ. ހަސަން ސައިދާއި އުމަރު ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވިއިރު މީގެ ދެދުވަސް ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު، އަދި އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބުދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

ޑރ. ހަސަންއާއި އުމަރު ފުލުހަށް ހާޒިރުވުމަށް އެންގިއިރު، ގައުމީ ދުވަސް ފާހަގަ ކުރުމަށް ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި އެ ދެބޭފުޅުންވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު