އޮންލައިންކޮށް ނަގާ ޓިކެޓަށް މޯލްޑިވިއަނުން 10 ޕަސެންޓް ޑިސްކައުންޓް ދެނީ

މޯލްޑިވިއަންގެ އެޕްލިކޭޝަން. އޮންލައިންކޮށް ގަންނަ ޓިކެޓަށް 10 ޕަސެންޓް ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން އިން އުދުހޭ ޑޮމެސްތިކް ސެކްޓާ ތަކަށް ދަތުރުކުރުމަށް އޮންލައިންކޮށް ޓިކެޓު ނަގާނަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މޯލްޑިވިއަން އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބޭނީ ދަތުރުގެ ހަތް ދުވަސް ކުރިން ޓިކެތު ނަގާނަމަ ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން މިމަހުގެ 15 އިން އަންނަ މަހުގެ 31ގެ ނިޔަލަށް ޑިސްކައުންޓް ޓިކެޓުގައި ދަތުރު ކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

ޑިސްކައުންޓް އަގުގައި ޓިކެޓު ގަނެވޭނީ މޯލްޑިވިއަންގެ ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށެވެ.

މޯލްޑިވިއަން އިން ދަނީ މާލޭގެ 16 މަންޒިލަކަށް ދަތުރު ކުރަމުންނެވެ. އޭގެ ތެރޭގައި މިދިޔަ މަހު ހުޅުވި ހޯރަފުށި އެއާޕޯޓުވެސް ހިމެނެއެވެ.

comment ކޮމެންޓް