އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަ އިސްތިއުނާފު ކުރުމަށް ޖޭއެސްސީ އިން ހުށަހަޅައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ހުރިކަމަށް ފެންނާތީ އޭނާ އާއި މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީ އިން ނިންމި ނިންމުމުން ބާތިލް ކުރުމަށް އަބްދުﷲ ގާޒީ ސިވިލްކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން ޖޭއެސްސީން ހައިކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އަބްދުﷲ ގާޒީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނަނީ ސިވިލްކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ކަނޑައަޅަންދެން އަބްދުﷲ ގާޒީ އާއި މެދު ފިޔަވަޅު ނޭޅުމަށް ޖޭއެސްސީއަށް އަމުރު ކުރާކަމަށެވެ.

ޖޭއެސްސީން ބުނީ އެ އަމުރު އިސްތިއުނާފްކުރަން ހައިކޯޓަށް ވެއްދީ ސުޕީރިއާ ކޯޓެއްގެ ފަނޑިޔާރެއްގެ މައްސަލައެއް ސުޕީރިއާ ކޯޓަކުން ބެލޭނެކަމަށް ކޮމިޝަނަށް ނުފެންނާތީ ކަމަށެވެ.

ޖޭއެސްސީން އެ މައްސަލަ ކުރިން ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެމައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށް ކަމަށް މިމަހުގެ 19 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީއަށް އަންގާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު