ރިސެސްގެ މުއްދަތުގައި ހައިކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ރިސެސްގެ މުއްދަތުގެ ތެރޭގައި ޝަރީއަތްތައް ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން އިއްޔެ ބުނީ ރިސެސްގެ މުއްދަތުގައި ޝަރީއަތްތައް ކުރިއަށް ގެންދަން ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ނިންމީ ނުނިމިހުރި މައްސަލަތައް މަދުކުރުމަށް ކަމަށެވެ.

ކޮންމެ އަހަރަކު ވެސް ޑިސެމްބަރު މަހު ހައިކޯޓާއި ސުޕްރީމް ކޯޓު ރިސެސްއަށް ދެ އެވެ.

މިދިޔަ އަހަރު ހައިކޯޓުނ ރިސެސްއަށް ދިޔަ ނަމަވެސް ބައެއް ބާވަތްތަކުގެ މައްސަލަތައް ކުރިއަށް ގެންދިޔައެވެ.

އޭގެ ތެރޭގައި ކުއްލި މައްސަލަތަކާއި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ މައްސަލަތަކުގެ އިތުރުން ކޮންމެހެން ހިންގަން ޖެހޭ އަވަސް ތަބީޢަތުގެ މައްސަލަތައް ހިމެނެއެވެ.

އޭގެ އިތުރުން މައްސަލައިގެ ބެންޗު ހަމަވާނަމަ، ދެ ފަރާތުގެ ރުހުމާ އެކު، އަޑުއެހުން ނިމިފައި، ހުކުމް ކުރަން ހުރި މައްސަލަތައް ބެލުމަށް ވެސް ފަނޑިޔާރުންގެ މަޖިލީހުން ނިންމިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް