އޭޝިއާގެ އެންމެ ގަދަ ކޮފީ ޝޮޕްތަކުގެ ލިސްޓުގައި ރާއްޖޭގެ މެރާކީ ހިމެނިއްޖެ

މަބްރޫކް، މެރާކީގައި -- ފޮޓޯ/ މެރާކީ

ބިގް7 ޓްރެވަލް ގައިޑުން އެކުލަވާލި، އޭޝިއާގެ އެންމެ ރަނގަޅު 50 ކޮފީ ޝޮޕްގެ ލިސްޓުގައި ރާއްޖޭގެ މެރާކީ ކޮފީ ރޯސްޓާޒް ހިމެނިއްޖެއެވެ.

ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމުގައި ހުންނެވި، މުހައްމަދު މަބުރޫކް އަޒީޒްގެ މެރަކީ ހިމެނިފައި ވަނީ އެ ލިސްޓުގެ 25 ވަނައިގައެވެ. ލިސްޓުގެ އެއްވަނަ ހޯދީ ޓައިވާންގެ ކޮފީ ޝޮޕަކުންނެވެ.

އެއާއެކު ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކޮފީ ޝޮޕަށް ވެސް މެރާކީ ވަނީ ވެގެން ގޮސްފައެވެ.

އެ ލިސްޓުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ކޮފީ ޝޮޕްތަކުގެ ތެރެއިން މެރާކީއަށް ވުރެ ކުރި ހޯދާފައި ވަނީ ލިސްޓުގެ 11 ވަނައިގައި ހިމެނުނު އިންޑިއާގެ ބެންގަލޫރޫގެ "ތާޑް ވޭވް ކޮފީ ރޯސްޓާޒް" އަދި 22 ވަނައިގައި ހިމެނުނު މުމްބާއީގެ "ކޭސީ ރޯސްޓާޒް"އެވެ.

ބިގް7 ޓްރެވަލް ގައިޑުގެ ލިސްޓުތައް ތަރުތީބުކުރަނީ ކިޔުންތެރިންގެ މެދުގައި ކުރިއަށް ގެންދާ ސާވޭ ތަކާއި، އެޑިޓޯރިއަލް ޓީމުގެ ރިވިއުތަކުގެ މައްޗަށް ބިނާކޮށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހުޅުވި، އަދި ޒުވާނުންގެ މެދުގައި މަގުބޫލު މެރާކީ ކޮފީ ރޯސްޓާސްއަކީ ރާއްޖޭގެ ފުރަތަމަ ކޮމާޝަލް ކޮފީ ރޯސްޓާއެވެ.

comment ކޮމެންޓް