އަޔޫޝްމަން އާއި ސާރާ އެކުގައި ފިލްމަކުން ފެންނަނީ

އަޔޫޝްމަން ކުރާނާ އާއި ސާރާ އަލީ ޚާން--

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ އެކްޓަރު އަޔޫޝްމަން ކުރާނާ އާއި ބަތަލާ ސާރާ އަލީ ޚާން އެކުގައި ފިލްމަކުން ފެންނަން ތައްޔާރުވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރޮމޭންޓިކް ކޮމެޑީ ޖޯންރާއަކަށް މި ފިލްމު ތައްޔާރުކުރާއިރު މި ފިލްމުގެ ނަމެއް އަދި ހާމަކޮށްފައެއްނުވެއެވެ. ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސްކުރާ އެ ފިލްމު އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

މި ފިލްމުގައި އަޔޫޝްމަން އާއި ސާރާ އެކުގައި ފެނިއްޖެނަމަ މި ފިލްމުވެގެންދާނީ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ. އެކްޓަރު އަޔޫޝްމަން މިވަގުތު އަންނަނީ ވާނީ ކަޕޫރާއެކު "ޗަންދީގަރް ކަރޭ އާޝީގީ"ގެ ޝޫޓިންގެ މަސައްކަތްކުރަމުންނެވެ. ބަތަލާ ސާރާ މިވަގުތު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކޫލީ ނަންބަރު 1"ގެ ޕްރޮމޯޝަނަލް މަސައްކަތްކުރަމުންނެވެ. އެ ފިލްމުގައި ސާރާ ފެންނާނީ އެކްޓަރު ވަރުން ދަވަން އާއެކުގައެވެ.

ދެހާސް އަށާރަވަނަ އަހަރު ސުޝާންތު ސިންހް ރާޖްޕުތް އާއެކު "ކެދާނަތު" އިން ބޮލީވުޑަށް ނުކުތް ސާރާ ދެން އެންމެ އަވަހަށް ފަށާނީ އަކްޝޭ ކުމާރު އާއެކު ފެނިގެންދާ "އަތުރަންގީ ރޭ" ގެ މަސައްކަތެވެ.

comment ކޮމެންޓް