އެޗްއާރްސީއެމުން އަބްދުﷲ ގާޒީގެ ހާލު ބަލައިފި

އަސްކަރިއްޔާގެ ބެލުމުގެ ދަށުން ކ. ކިރިފުށީގައި ބައްދުކޮށްފައިވާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)އާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބައްދަލުކޮށްފި އެވެ.

ކޮމިޝަނުން ބުނީ މިނިވަންކަން ގެއްލޭގޮތަށް ބަންދުކޮށްފައިވާ އަބްދުﷲ ގާޒީއާ މިއަދު ހެނދުނު ގިރިފުށީގައި ބައްދަލުކޮށް އޭނާގެ ހާލު ބަލާފައިވާ ކަމަށާއި ބޭނުމަކީ އެޗްއާރްސީއެމްގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ހައިސިއްޔަތުން މިނިވަންކަން ގެއްލޭގޮތަށް ބަންދުކުރެވިފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަތުން ކަމަށެވެ.

ކޮމިޝަނުން ބުނީ އޭނާއަށް އެއްވެސް ކަހަލަ ލާއިންސާނީ ދަށުދަރަޖައިގެ އަމަލެއް ހިންގާފައި ނުވާ ކަމަށާއި އަބްދުﷲ މުހަންމަދު ހުންނެވީ ހެޔޮހާލުގައި ކަމަށެވެ. އަދި އަސާސީ ޚިދުމަތްތަކެއް ފުރިހަމަގޮތެއްގައި ލިބެމުންދާ ކަމަށެވެ.
އަބްދުﷲ ގާޒީއާގެ މައްޗަށް ސިފައިން ބާރުފޯރުވުމުގައި އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުވަތަ ލާއިންސާނީ ދަށުދަރަޖައިގެ އަމަލަކަށް ފާހަގަ ކުރެވިގެން އެފަރާތްތަކަށް ހުށަހަޅާފައި ނުވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު