ހާ ތޮޅޭ މުބާރާތް ހުއްޓުވަން އުޅުނު ފުލުސް މީހާ މަރުވެއްޖެ

ފިލިޕިންސްގައި ގަވައިދާ ހިލާފަށް ހާ ތޮޅޭ މުބާރާތެއް ބާއްވަނިކޮށް އެކަން ހުުއްޓުވަން އުޅުނު ފުލުހުންގެ މީހަކު މަރުވެއްޖެ އެވެ.

ހާ ތޮޅުވުމަކީ ފިލިޕިންސްގައި މަޝްހޫރު ކުޅިވަރެކެވެ. އަދި އެކަން ކުރިއަށްދާއިރު މޮޅުވާނެކަމަށް ލަފާކުރެވޭ ހާ، ގިނަ ބަޔަކު ލާރިއަށް "ބެޓް"ވެސް ކުރެއެވެ.

ނަމަވެސް ކޮރޯނާ ވައިރަސްއާ ގުޅިގެން މީހުން އެއްވުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ފަދަ މުބާރާތްތައް މިހާރު ވަނީ މަނާކޮށްފަ އެވެ.

ފުލުުސް އޮފިސަރު މަރުވީ އެކަން ހުއްޓުވަން އުޅުމުގެ ތެރޭގައި އޭގެން އެއް ހާލުގައި އައްސާފައިވާ ތިލައިން އޭނާގެ ފައިގެ ފަލަމަސްގަނޑު ކަނޑައިގެން ލޭ ގިނަ އަދަދަކަށް ފޭބުމުންނެވެ.

ފިލިޕިންސްގެ އުތުރު ސަމާރު ސްޓޭޓްގެ ޕޮރޮވިންސް ޗީފް ކާނަލް އާނެލް އަޕުޑް ވިދާޅުވީ ފާއިތުވި 25 އަހަރުގެ ތެރޭގައި އޭނަ ފުލުހުންގެ ތެރޭގައި ހޭދަކުރި ދުވަސްތަކުގައި އެފަދަ ހާދިސާއެއް ހިނގައިފައި ނުވާ ކަަމަށެވެ.

އެ މައްސަލައިގައި ތިން މީހުން ހައްޔަރުކޮށް ދެ ހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ކާނެލް އާނެލް ވިދާޅުވި އެވެ.-- ޔާހޫ

comment ކޮމެންޓް