އދ.ގެ ސަބް ކޮމިޓީއަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން މިއަދު އިންތިހާބުކޮށްފި އެވެ.
ސްވިޒަލެންޑްގެ ވެރިރަށް ޖެނީވާގައި ބޭއްވި އެ އިންތިހާބުގައި ޝުޖޫން އިންތިހާބުކޮށްފައި ވަނީ، އަނިޔާވެރިކަމާއި ނާއިންސާނީ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ ސަބް ކޮމިޓީ، ޕްރިވެންޝަން އޮފް ޓޯޗާ އެންޑް އަދާ އިންހިއުމަން އޯ ޑީގްރޭޑިން ޓްރީމެންޓް އޯ ޕަނިޝްމަންޓް އަށެވެ.
އެ ކޮމިޓީއަކީ، އދ.ގެ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ކޮންވެންޝަން އެގެއިންސްޓް ޓޯޗާ ގެ ދަށުން އިންތިހާބުކުރާ ކޮމެޓީއެކެވެ.
މިއީ ޝުޖޫން އެ ކޮމިޓީއަށް އިންތިހާބުވެވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ޝުޖޫން ވަނީ އެ ކޮމިޓީގެ މެމްބަރުކަން އަދާކޮށްފައެވެ.
އެ އިންތިހާބުގައި އެކި ގައުމުތަކުން 19 ކެންޑިޑޭޓަކު ވާދަ ކުރިއެވެ. ޖުމްލަ 19 ބޭފުޅަކު ވަނީ އިންތިހާބުވެފައެވެ.
ތިން އަހަރުގެ ދައުރަކަށް އިންތިހާބު ކުރާ އެ ކޮމިޓީއަށް މިއަދު އިންތިހާބުވެވަޑައިގެންވި ބޭފުޅުންގެ ދައުރު ފެށޭނީ އަންނަ އަހަރުއެވެ. އެ ދައުރުު ނިމޭނީ 2024 އަށެވެ.