މިއަހަރުގެ އަންވެއިލިން ވިޝަންސް ހުކުރު ދުވަހު

މިދިޔަ އަހަރު ކުރިއަށް ދިޔަ އަންވެއިލިން ވިޝަންސް އާޓް އެގްޒިބިޝަންގެ ތެރެއިން --- ފޮޓޯ : ނޭޝަނަލް ސެންޓާ ފޮ އާޓްސް

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ސިލްސިލާކޮށް ބާއްވަމުން ގެންދާ އާޓް އެގްޒިބިޝަން ކަމަށްވާ "އަންވެއިލިން ވިޝަންސް"ގެ މިއަހަރުގެ އެޒިބިޝަން އަންނަ ހުކުރު ދުވަހު ފެށުމަށް ނިންމައިފި އެވެ.

ރާއްޖޭގެ ގިނަ އާޓިސްޓުންގެ ހުނަރުތައް އެއް ތަނަކުން ދައްކުވާލުމަށް ބާއްވަ އެ އިވެންޓަކީ ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ އިވެންޓެކެވެ.

ނޭޝަނަލް ސެންޓާ ފޮ އާޓްސް (އެންސީއޭ) އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެގްޒިބިޝަން ކުރިއަށްދާނީ ނޭޝަނަލް އާޓް ގެލެރީގަ އެވެ.

އެމްއޭސީއިން ބުނާގޮތުގައި ކޮންޓެމްޕޮރަރީ އާޓްސްއަށް ހާއްސަކޮށްގެން ބާއްވާ އެ އާޓް އެގްޒިބިޝަން ކުރިއަށްދާނީ މި ހުކުރު ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި އާޓް އެގްޒިބިޝަން ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ފެށިގެން 2200 އަށެވެ.

ޒުވާން އާޓިސްޓުންގެ ހުނަރުތައް ދައްކާލުމަށް ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ އެ އެގްޒިބިޝަންގައި ލައިވް އާޓް އިވެންޓްތަކާއި އާޓް ވޯކްޝޮޕް އަދި ކުޑަކުދިންނަށް ހާއްސަކޮށް ހަރަކާތްތަކެއް ވެސް ވަނީ މީގެކުރީ އިވެންޓްތަކުގައި ބާއްވާފަ އެވެ. އަދި މިއަހަރުގެ އިވެންޓުގައިވެސް އެފަދަ ހަރަކާތްތައް ކުރިއަށްދާނެ އެވެ.

އަންވެއިލިން އާޓް އެޒްގިބިޝަން ވަނީ ފާއިތުވި ތިން އަހަރު ވިދިވިދިގެން ކުރިއަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް