އަބްދުﷲ ގާޒީ މިރޭ މިނިވަން ކުރާނެ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެ

ގާނޫނާ ހިލާފަށް ދިވެހި ސިފައިން ހައްޔަރުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ މިނިވަން ކުރާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ދެންމެ ވިދާޅުވެއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް، ސަރުކާރުގެ އިސް އޮފިޝަލަކު ދެންމެ ވިދާޅުވީ މާ ގިނަ އިރުތަކެއް ނުވެ، އިސް ގާޒީ އޭނާގެ އާއިލާއާ ހަވާލު ކުރައްވާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އެހެން އޮފިޝަލު ވިދާޅުވީ އަބްދުﷲ ގާޒީ މިރޭ މިނިވަން ކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

އަބްދުﷲ ގާޒީ މިނިވަން ކުރާނެ ކަމަށް ސަރުކާރުން މި ބުނީ އޭނާ ހައްޔަރު ކުރިތާ 48 ގަޑި އިރުވާން ކައިރިވެފައި ވަނިކޮށެވެ.

މިލިޓަރީ ސިފައިން އިސް ގާޒީގެ ގެއަށް ވަދެ، އިސް ގާޒީ "އުފުރާލުމުން" ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ އިސް ގާޒީ ވަގުުތުން މިނިވަން ކުރުމަށެވެ. އަދި ހައި ކޯޓުން ވެސް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސް ގާޒީ ވަގުތުން މިނިވަން ކުރުމަށެވެ.

އިސް ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނާ ހިލާފަށް އިސް ގާޒީ ހައްޔަރު ކުރި ފަރާތްތަކާ ދޭތެރޭގައި ދައުވާ ކުރައްވާނެ ކަމަށް ޕްރެސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އިސް ގާޒީ ސިފައިން ބަންދުކޮށްގެން ގެންދިޔަ އިރު، ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ފިޔަވައި އިތުރު ހެނދުކޮޅެއް ގެންދެވި ތަނެއް ނުފެނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު