މި ހަފުތާގެ "ލެޓްސް ޓޯކް ޔޫތު" ޝޯ ދުންފަތާ ބެހޭގޮތުން

މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާނުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ "ލެޓްސް ޓޯކް ޔޫތު" ޝޯގެ މި ހަފްތާގެ ޕްރޮގުރާމް އަންނަ އަންގާރާ ދުވަހުގެ ރޭ 9 ޖަހާއިރު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފި އެވެ.

ޒުވާނުންގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ޔޫތް މިނިސްޓްރީގެ ޔޫތު ޑިޕާޓްމަންޓުން ކުރިއަށްގެންދާ މި ޝޯގެ 10 ވަނަ ސިލްސިލާ ޕްރޮގުރާމް އަންނަ އަންގާރަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، މި ހަފުތާގެ ޝޯގެ މައުލޫ އަކީ ދުންފަތެވެވެ. ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް މި ގެންދާ ޝޯގައި ގޭތެރޭގަޔާއި، ގެއިން ބޭރުގައި ގަސްއިންދުމާ ބެހޭ ގޮތުން އެކަމުގެ ތަޖުރިބާކާރަކާ އެކު މަޝްވަރާކޮށް، ބެލުންތެރިން ކޮމެންޓްތަކުގައި ކުރާ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮންމެ ޝޯއެއްގައި ވެސް ތަފާތު މައުލޫއަކަށް ބިނާކޮށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގައި އެ ހަފުތާއަކާ ގުޅޭ މައުލޫގެ ތަޖުރިބާކާރަކާއި މިނިސްޓްރީގެ ދެ ބޭފުޅަކު ބައިވެރިވާނެ އެވެ. މީގެ ކުރިން މި ޕްރޮގުރާމުގެ 11 ޕްރޮގުރާމެއް ވަނީ ބޭއްވިފަ އެވެ.

އެގޮތުން މި ހަފުތާގެ ޕްރޮގުރާމު ދުންފަތުގެ އިސްތިއުމާލަށް ހާއްސަކޮށްފައިވާ އިރު، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ދުންފަތާ އޮތް ގުޅުމުގެ ވާހަކަތަކާއި، އެކަމުގެ ނުރައްކަލާ ބެހޭ ގޮތުން މައުލޫމާތު ދެވޭނެ ކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކުޅިވަރުގެ ޑިޕާޓްމެންޓުގެ އިތުރުން ޒުވާނުން މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމަށް ޔޫތު މިނިސްޓްރީން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގެ ޒުވާނުންނަށް ހާއްސަކޮށްގެން މީގެ ކުރިން ވެސް ގިނަ ޕްރޮގުރާމްތަކެއް ހިންގާފައިވާ އިރު، މިނިސްޓްރީގެ މެންޑޭޓުގައި ކިރިޔާވެސް ހިމެނޭ ކަމެއްގައި ޒުވާނުންނަށް ވެދެވެން ހުރި އެހީތެރިކަމަކާއި، އެއްބާރުލުމެއް ދޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް