ފިންލޭންޑްގެ ފަސެންޖަރުން އުފުލާ ކްރޫސް ޝިޕެއް ފަރަށް އަރައިފި

އެމްއެސް އަަމެރޮލާ ފަރަށް އަރައިފައި---

ފިންލޭންޑްގެ ފަސެންޖަރުން އުފުލާ ކްރޫސް ޝިޕެއް ފަރަށް އަރައިފި އެވެ.

އެމްއެސް އަަމެރޮލާ ފަަރަށް އަރައިފައި ވަނީ ބޯލްޓިކް ކަނޑުގެ ސަރަަހައްދުގައި އޮންނަ އަލެންޑް ސަރަހައްދުންނެވެ.

އެ ހާދިސާއާ ގުޅިގެން އުޅަނދުގައި ތިބި 300 މީހުން އިވެކުއޭޓްކުުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ފަރަށް އެރިއިރު އެ ކްރޫސް ދިޔައީ ފިންލެންޑުން ސްވިޑަންގެ ސްޓޮކްހޯމްއަށް ދަތުރުކުރަމުންނެވެ. އެ ކްރޫސްގެ ދިގުމިނުގައި 555 ފޫޓް ހުންނަ އިރު އެ ކްރޫސް ކޮންމެ ދުވަހަކު ވެސް ފިންލެންޑާއި ސްޓޮކްހޯމްއާ ދެމެދު ދަތުރުކުރެެ އެވެ.

ވައިކިން ލައިން ސްކެންޑެނޭވިއާގެ ހެޑް އޮފ އިންފޮމޭޝަން އެލިއޮނޯރާ ހެންސީ އޭއެފްޕީ ނިއުސް އޭޖެންސީއަށް މައުލޫމާތު ދެމުން ވިދާޅުވީ ކްރޫސް ފަރަށް އެރި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެެ.

އެ ކްރޫސްގައި 200 ފަސެންޖަރުންނާ އެކު 80 ފަޅުވެރިން ތިއްބެވެ.

ކޮރޯނާގެ ބަލިމަޑުކަމުގެ ކުރިން އެ ކްރޫސްގައި އާންމުކޮށް 2000 އެއްހާ ފަސިންޖަރުން އުފުލައި ހަަދަ އެވެ.

ސްވިޑަންގެ މީޑިއާތަކުން ބުނީ ފަސެންޖަރުން ލައިފް ޖެކެޓް އަޅައިގެން ކްރޫސްގެ ޑެކްމަތީގައި އެބަތިބި ކަމަށެވެ.-- އަލްޖަޒީރާ---

comment ކޮމެންޓް