ފްލެޓްތަކުގެ ކުނި އަޅާ ގޮޅިތަކަށް ކުނި ނާޅަން އަންގައިފި

ޑިސެމްބަރު 15، 2019: މޭޔަރު ޝިފާ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުކުރެވޭނެ ގޮތެއް ނެތުމުން، ގޮޅިތަކަށް ކުނި ނާޅަން މާލޭ ސިޓީ ކައުންސިލުން އަންގައިފި އެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް19 އަށް ޕޮޒިޓިވް ވުމާގުޅިގެން، ބިދޭސީ ހުރިހާ މުވައްޒަފުން މިވަގުތު ކަރަންޓީނުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ބިދޭސީ މުވައްޒަފުން ޝާމިލްކޮށްގެންކުރާ ހުރިހާ މަސައްކަތެއް މި ވަގުތު މުޅިން ހުއްޓިފައިވާ ކަމަށެވެ.

"ވުމާ އެކު، ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށް އަންގަމެވެ." ސިޓީ ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ހަމައެއާ އެކު ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅުތައް މައްޗަށް ކުނިއަޅާ ނުހެދުމަށް ވެސް ވަނީ އަންގައިފަ އެވެ.

ސިޓީ ކައުންސިލުން ބުނީ ކުނި އުކާލުމަށް ޓަކައި ވެމްކޯގައި ރަޖިސްޓްރީވުމަށް ކުރިންވެސް އެންގިފައިވުމާ އެކު، މިހާތަނަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވެ، ވެމްކޯ މެދުވެރިކޮށް ކުނި އުކާލަމުން ގެންދިއުމަށް އަންގާ ކަމަށެވެ.

comment ކޮމެންޓް