ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓު ކުރުމުގެ މަޝްރޫއު ކުރިއަށް

ކ. ތިލަފުށީ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 10 ޕަސަންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 8.8 މިލިއަން ޑޮލަރެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އެމްޓީސީސީން މިއަދު ބުނީ މަޝްރޫއުގެ ތެރެއިން ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގެ 30 ޕަސެންޓް އަދި ދުއްވާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތުގެ 15 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ސިވިލް އަދި ދަގަނޑު މަސައްކަތްކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ގާއިމުކުރުމާއި، ވެހިކަލް ޕާކްކުރާ ތަނެއް ގާއިމުކުރުން ހިމެނެއެވެ.

ހަމައެއާއެކު، ވޯކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

comment ކޮމެންޓް