ފިނޭ ކުއްޖެއްގެ ބަރަހަނާ ވީޑިއޯތަކެއް ލީކުކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ހދ. ފިނޭގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖެއްގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ވީޑިއޯތަކެއް އިންޓަނެޓަށް ލީކުކޮށްލި މައްސަލައިގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަން ފިނޭ އަށް ދިޔަ ދުވަހު އުމުރުން 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

ފިނޭ އިން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ހައްޔަރުކުރި ޒުވާނަކީ އެ ރަށު ވައިލެޓް ހައުސް، ނާޒިމް ރަޝީދު ކަމަށެވެ. އަދި އޭނާއަކީ ބަރަހަނާ ވީޑިއޯތަކުން ފެންނަ ކުޑަ އަންހެން ކުއްޖާގެ ކުރީގެ ލޯބިވެރިޔާ ކަމަށެވެ.

ފަހަކަށް އައިސް އަންހެން ކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯތައް ލީކް ކުރުން ރާއްޖޭގައި ވަނީ އާންމު ކަމަކަށް ވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު