ރިޔާސީ ކޮމިޝަނުގެ މެމްބަރު ކަމަށް އާދަމް މަނިކާއި އަސްވާން އައްޔަންކުރައްވައިފި

10:00


ރިޔާސީ ކޮމިޝަނުގެ މެމްބަރު ކަމަށް މާލެ މުނިސިޕަލިޓީގެ ރައީސް ސަރަނގު އާދަމް މަނިކާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް މުހައްމަދު އަސްވާން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ރިޔާސީ ކޮމިޝަނަށް މި ބަދަލުގެންނަވާފައި މިވަނީ، ރިޔާސީ ކޮމިޝަނުގައި ކުރިން ހިމެނިވަޑައިގެންނެވި ޢަލީ ޝިޔާމާއި، އަލްއުސްތާޛު އިދުހާމް މުޢިއްޒު ޢަދުނާނާއި، އަލްއުސްތާޛާ ޝަބާބު ރަޝީދު އިސްތިޢުފާ ދެއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މިކަމާ ގުޅިގެން ރައީސް އޮފީހުގެ ފްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ޝިޔާމް، ޝަބާބު އިސްތިޢުފާދެއްވީ އެބޭފުޅުންގެ އިތުރު މަސައްކަތްތަކަށް ވަގުތުދެއްވުމުގެ ގޮތުން ކަމަށާއި އިދުހާމް އިސްތިއުފާދެއްވާފައިވަނީ ކޮމިޝަންގެ މަސައްކަތްތައްދާ ގޮތާއި މެދު ހިތްހަމަނުޖެހިވަޑައިގެން ކަމަށެވެ.


ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ބެލުމަށް މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ އުފެއްދެވި ރިޔާސީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ހިމެނިވަޑައިގެންނަވަނީ، އާދަމް މަނިކާއި އަސްވާންގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދާއި ޤާނޫނީ ވަކީލް އަލްއުސްތާޛު ޢަބްދުﷲ ޙަސީނެވެ. މި ކޮމިޝަނުގެ ރިޔާސަތު ބަލަހައްޓަވާނީ ސަރަނގު އާދަމް މަނިކާއި އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު