އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ފޯމް ދޫކޮށް ފައިސާ ބަލައިގަންނަން ފަށައިފި

މިއަހަރު ބާއްވާ އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވުމުގެ ފޯމް ދޫކުރަން ފަށައިފި އެވެ.
އަންނަ މެއި އަދި ޖޫންގައި ބާއްވާ އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން ފޯމް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ދޫކުރަން ފަށާފައިވާ ވަނީ މިއަދު އެވެ.

ޑިރެކްޓަރު ޖެނެރަލް، އަހްމަދު ޝަކީބް މިއަދު ވިދާޅުވީ މިއަހަރުގެ މެއި/ޖޫންގައި ބާއްވާ ދެ އިމްތިހާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ފޯމް މިއަދުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ދޫކުރާނެ ކަމަށެވެ.

"މިއަދުން ފެށިގެން ނޯމަލް އެންޓްރީގެ ފޯމް ދޫކުރުމާއި ފޯމް ޗެކްކުރުމާއި ފައިސާ ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެ،" ޝަކީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ ދެ އިމްތިހާނުގައި ބައިވެރިވެވޭނީ ލޭޓް އެންޓްރީގެ ގޮތުގައި ކަމަށާއި އެގޮތުން ފެބްރުއަރީ މަހުގެ ފަހުކޮޅު ލޭޓް އެންޓްރީއަށް އިއުލާން ކޮށް މާޗް މަހުގެ ތެރޭގައި ލޭޓް އެންޓްރީ ބަލައިގަންނަން ފަށާނެ ކަމަށެވެ.

އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގެ ފޯމް ދޫކުރުން އެގްޒަމިނޭޝަނުން ހަމަޖައްސާފައި ވަނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު