ކުޅުދުއްފުއްޓާ ތިނަދޫގެ ޓާޝަރީ ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދަނީ

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް---ފޮޓޯ: ފޭސްބުކް

ހދ ކުޅުދުއްފުއްޓާއި ގދ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ކުޅުދުއްފުއްޓާ ތިނަދޫ ޓާޝަރީ ހޮސްޕިޓަލުގެެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކުރާ ކަމަށެވެ.

މި ދެ ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2.3 މިލިއަން ރުފިޔާގެ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހޅަން ޖެހެއެވެ.

މި މަސައްކަތްތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް  1,500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަންނާނީ 13 ސެޕްޓެންބަރުން 21 އޮކްޓޫބަރުގެެ ނިޔަލަށް ބަނޑޭރި ޕޯޓަލުންނެވެ.

މަސައްކަތްތަކާ ބެހޭ ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ މިމަހުގެ 14 އިން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ލިބޭނެެއެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ޓާޝަރީ ހޮސްޕިޓަލު ތަރައްގީ ކުރަނީ ހދ ކުޅުދުއްފުއްޓާއި، ރ. އުނގޫފާއުގެެ އިތުރުން ގދ ތިނަދޫ އާއި ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލެވެ. ހިތަދޫ ގައި އީކުއެޓޯރިއަލް ހޮސްޕިޓަލު ގާއިމްކޮށް މިހާރު އެތަނުން ދަނީ ފަރުވާ ދެމުންނެވެ.

comment ކޮމެންޓް