ޤާނޫނު އަސާސީގެ އެތެރެއާއި ބޭރު ނުބަލައި، ހިތު ހުރިހައި ގޮތަކަށް އެއްވެސް ބަޔަކަށް ނޫޅެވޭނެ: ގާސިމް

10:00


ޤާނޫނު އަސާސީގެ އެތެރެއާއި ބޭރު ނުބަލައި، ހިތު ހުރިހައި ގޮތަކަށް އެއްވެސް ބަޔަކަށް ނޫޅެވޭނެ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލި ދާއިރާގެ ވެސް މެންބަރ ގާސިމް އިބްރާހިމް އިންޒާރު ދެއްވައިފި އެވެ.


ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަމުގެ ތުހުމަތުގައި މިމަހުގެ 15 ވަނަ ދުވަހުގެ ރެއާ ހަމައަށް ގޭބަންދުކޮށްފައިވާ ގާސިމް މިހެން ވިދާޅުވީ އިއްޔެ އެ ބޭފުޅާގެ ގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޗެކު ކުރުމުން ސަންއެފްއެމް ބްރޭކިން ނިއުސް އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.


ގާސިމް އެމްޑީޕީއަށް އިޝާރާތްކުރައްވާ ވިދާޅުވީ، މިއަދު މި ފެންނަނީ ޤާނޫނީ ހުދޫދުން ބޭރުން، ފަނޑިޔާރުންނާއި އަދި އެނޫންވެސް މީހުންނަށް ބިރު ދައްކައިގެން ކަންތައް ކުރުވަން އުޅޭ މަންޒަރު ކަމަށެވެ.


ގާސިމް އިތުރަށް ވިދާޅުވީ، މަސްލަހަތަށް ވިސްނައިގެން އުޅޭ ބަޔަކު، ޝަރީއަތުގެ މަޖިލީހެއް އޮތް ނަމަ އެތަނަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް ނޫޅޭނެ ކަމަށެވެ. އަދި އެއީ ފަނޑިޔާރުންނަށް ބިރު ދެއްކުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު