ކެބިނެޓުން އިސްތިއުފާ ދެއްވާފައިވާ ވަޒީރުން ސަރުކާރުގެ ކާރުކޮޅުތަކުގައި އޮފީސްތަކަށް ވަޑައިގެންނެވުމަކީ ސީދާ ކޮރަޕްޝަނުގެ އަމަލެއް: ގާސިމް

19:00


ކެބިނެޓުން އިސްތިއުފާ ދެއްވާފައިވާ ވަޒީރުން ސަރުކާރުގެ މުދަލުގެ ގޮތުގައި ހިމެނޭ ކާރުކޮޅުތަކުގައި އޮފީސްތަކަށް ވަޑައިގަންނެވުމަކީ ސީދާ ކޮރަޕްޝަނުގެ އަމަލެއް ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.


ސަރުކާރު ވައްޓާލުމަށް މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގޭ ބަންދުކުރައްވާފައިވާ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް މިހެން ވިދާޅުވީ، އެ ތުހުމަތުގެ ތަހުގީގަށް ބޭނުންވާ އެއްޗެހި ހޯދުމަށް މ. މާފަންނުވިލާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރުމުން ސަންއެފްއެމްގެ ބްރޭކިން ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.


ގާސިމް ވިދާޅުވީ، ކެބިނެޓުން އިސްތުއިފާ ދެއްވުމަށްފަހު ސަރުކާރުގެ މުދަލުގެ ތެރޭގައި ހިމެނޭ ކާރުކޮޅުތައް ވަޒީރުން ބޭނުންކުރައްވަނީ އެއްވެސް ޤާނޫނެއްގެ ދަށުން ހުއްދަ ލިބިގެން ނޫން ކަމަށާއި އެއީ ސީދާ ޤާނޫނު އަސާސީއާ ހިލާފްކަމެއް ކަމަށެވެ. އަދި އެއަށްވުރެ ބޮޑު ކޮރަޕްޝަންގެ އަމަލެއް ނޯންނާނެ ކަމަށްވެސް ގާސިމް ސިފަކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު