މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހެލްތު މިނިސްޓްރީ

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު ހަމަވާތީ، އަދި ކައުންސިލުން ހުސްވެފައިވާ ހަތަރު މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މެޑިކަލް ކައުންސިލަށް ބޭނުން ވަނީ ޑެންޓަލް ޕްރެކްޓިޝަނަރަކާއި،
މެޑިކަލް ޕްރެކްޓިޝަނަރަކާއި، ގާނޫނީ ވަކީލަކާއި މެޑިކަލް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނާއެއް ކަމަށެވެ.

ކައުންސިލަށް ކުރިމަތިލާ ފަރާތްތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ބަޔަކަށް ވާންޖެހެ އެވެ. އަދި ފަސް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

ކައުންސިލުގެ މެމްބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައި ވާންޖެހެ އެވެ. އަދި ކައުންސިލްގެ މެންބަރުކަމުގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭ ފަދަ އިލްމީ ފެންވަރާއި ލަޔާގަތު އަދި މަސައްކަތުގެ އަހްލާގު ހުރި މީހަކު ކަމުގައިވާން ޖެހެ އެވެ.

އަދ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެއެވެ. އަދި
ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ވެސް ވެގެން ނުވާނެ އެވެ.

މީގެ އިތުރުން ސިޔާސީ މަގާމެއް ފުރާ މީހެއް ކަމަށް ވެސް ވެގެން ނުވާނެ އެވެ.

ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

comment ކޮމެންޓް