ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފި

ގދ. ތިނަދޫއަށް އުދަ އަރާފައި --

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 10:10 އިން ހަވީރު 3:00 އާ ހަމައަށެވެ.

މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ އެވްރެޖުގޮތެއްގައި 3-5 ފޫޓާ ދެމެދު ކަމަށެވެ.

ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް އެ އިދާރާ އިން ލަފާކުރެ އެވެ.

މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވާނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާ ގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

"މެދުރާއްޖެއަށް އުތުރަށް މެންދުރު ފަހު ވިއްސާރަ ކުރާނެ. މިރޭ ވޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ،" މެޓުން ބުންޏެވެ.

comment ކޮމެންޓް