ފުރައްސާރަތަކާ ދެކޮޅަށް ސޮނާކްޝީ ކެމްޕޭނެއް ފަށައިފި

ބަތަލާ ސޮނާކްޝީ ސިންހާ--

ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި މީހުންނަށްކުރާ ފުރައްސާރަތަކާ ދެކޮޅަށް ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާ ކެމްޕޭނެއް ފަށައިފި އެވެ.

ބަތަލާ ސޮނާކްޝީ މިދިޔަ ހަފްތާގައި މި ކެމްޕޭން ފެށިިއިރު މި ކެމްޕޭނުގެ ދަށުން ބޭނުންކުރާ ހޭޝްޓެގް އަކީ #އަބްބަސް އެވެ. އޮންލައިން ފުރައްސާރައާ ދެކޮޅަށް ސޮނާކްޝީ ކެމްޕޭނު ފެށިއިރު އޭނާ ވަނީ އޭނާ އަށް ވެސް އެފަދަ ފުރައްސާރަތަކެއް ދިމާވާތީ ޓްވިޓާ ބޭނުންކުރުން ހުއްޓާލައިފަ އެވެ.

ބަތަލާ ސޮނާކްޝީ ބުނީ މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ފުރައްސާރަކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމާއި އެފަދަ ކަންތައްތައް ދިމާވެފައިވާ ތިބި މީހުންގެ ވާހަކަތައް ހިއްސާކުރުން ކަމަށެވެ. އަދި މީހުން ހޭލުންތެރިކުރުމާ އެކު ސޯޝަލް މީޑީއާއަކީ ހުރިހާ އުމުރުފުރާތަކަށް ވެސް ރައްކާތެރި އެއްޗަކަށް ހެދުމުގެ މުހިއްމުކަން އަންގައިދިނުން ކަމަށް ވެސް ސޮނާކްޝީ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް