މިސްރުގެ ސަރުކާރުން ދިން ޚާއްސަ އެވޯޑަކީ މުޅި ރާއްޖެ އަށް ލިބުނު ފަޚުރެއް: މައުމޫން

19:00


އިސްލާމް ދީން ކުރިއެރުމަށް ރާއްޖެ އާއި ބައިނަލްއަގުވާމީ ދުނިޔޭގައި ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، މިސްރުގެ ސަރުކާރުން ޚާއްސަ އެވޯޑެއް ދެއްވުމަކީ އެމަނިކުފާނަށާއި މުޅި ދިވެހިރާއްޖެ އަށް ލިބުނު ފަޚުރެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.


ރައީސް މައުމޫން މިހެން ވިދާޅުވީ އިސްލާމިކް ސްކޮލިޝިޕަށް އެމަނިކުފާނު ވެވަޑައިގެންނެވި އެހީތެރިކަމާއި އެމަނިކުފާނު ސިޔާސީ ހަޔާތުގައި ހޯއްދަވާފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި މިސްރުގެ ސަރުކާރުން ދޭ އޯޑަރ އޮފް މެރިޓް، ފަސްޓް ކްލާސް އިން އާޓްސް އެންޑް ސައިންސަސް އެވޯޑް ލިބިވަޑައުގަތުމާ ގުޅިގެން ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.


މި އެވޯޑް ރައީސް މައުމޫނަށް ދެއްވީ މިސްރުގެ މަޝްހޫރު އަލް އަޒްހަރު ޔުނިވަރސިޓީގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްރުގެ ރައީސް ހުސްނީ މުބާރަކް އެވެ.


ރައީސް މައުމޫން މިސްރަށް ވަޑައިގެންނެވީ މިސްރުގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ އަހަރީ އިސްލާމިކް ކޮންފަރެންސްގައި ބައިވެރި ވަޑައިގަތުމަށްޓަކަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު