ގަމުގައި އުރީދޫގެ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފި

ގަމުމައި އުރީދޫގެ ޑިޖިޓަލް ސެންޓަރެއް ހުޅުވުން -- ފޮޓޯ: އުރީދޫ

ލ. ގަމުމައި އުރީދޫގެ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފި އެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ކުރިމަތިން ހުޅުވި މި ޑިޖިޓަލް ސެންޓަރުން އުރީދޫ ކަސްޓަމަރުންނަށް 24 ގަޑިއިރު އުރީދޫގެ ހިދުމަތްކުގެ ބިލު ދައްކާލެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

މި ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ރީޗާޖްކޮށް، ކޭޝް އިން ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

އުރީދޫ އިން ވަނީ ޑިޖިޓަލް ސެންޓަރުތަކުގައި އިޖުތިމާއީ ގައިދުރުކަން ޕްރެކްޓިސް ކުރުމަށް އެދިފަ އެވެ.

އުރީދޫ އިން ވަނީ މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަށް ސިޓީގެ އިތުރުން ގދ. ތިނަދޫގައި ވެސް މިފަދަ ޑިޖިޓަލް ސެންޓަރެއް ހުޅުވައިފަ އެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާ އެކު ހިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

comment ކޮމެންޓް