ޖާސޫސް ކުރުމުގެ ކުށުގައި އީރާނުގެ ދެ މީހަކު 10 އަހަރަށް ޖަލަށް ހުކުމްކޮށްފި

އީރާން--

ޖާސޫސް ކުރުމުގެ ކުށުގައި އީރާނުގެ ދެ މީހަކު 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އެގޮތުން މަސްއޫދު މުސްއަބު ކިޔާ މީހަކަށް ހުކުމް އިއްވާފައި ވަނީ އިސްރާއިލާއި ޖަރުމަނު ވިލާތުގެ ޖާސޫސީ އިދާރާއަށް ޖާސޫސްކޮށްދިނުމުގެ ކުށުގަ އެވެެ. އަދި ޝަހްރަމް ޝިރްކަހާނީ ހައްޔަރުކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއަށް ޖާސޫސުކޮށްދިނުމުގެ ތުހުމަތުގަ އެވެެ.

އިރާނުގެ ޖުޑީޝިއަރީގެ ތަރުޖަމާނު ވިދާޅުވީ ޖާސޫސު ކުރުމުގެ ކުށުގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެެ. ޖަލަށްލާން ހުކުމް އިއްވި ޝަހްރަމް ޝިރްކަހާން، އިތުރު މީހުން ޔޫކޭގެ ޖާސޫސީ އިދާރާއަށް ރެކްރޫޓްކުރުުމަށް މަސައްކަތްކޮށް އިރާނުގެ ބޭންކަތަކާއި ޑިފެންސް މިނިސްޓްރީގެ މައުލޫމާތުތައް އެ އިދާރާއަށް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލަށް ލާން ހުކުމް އިއްވި މަސްއޫދު މުސްއަބުއަކީ އޮސްޓްރިއާ އަދި އިރާނުގެ ރައްޔިތުކަން ވެސް އޮންނަ މީހެކެވެ. އޭނާ ހައްޔަރުކުރީ އީރާނަށް އައިތަނާއެވެ.

އީރާނުގައި ހުންނަ އޮސްޓްރިއާގެ ކޮންސިއުލޭޓްއިން ވަނީ މުސްއަބުއާ މުއާމަލާތްކުރެވޭތޯ މަސައްކޮށް އޭނާ މިނިވަން ކުރުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އީރާނުން "ޑުއެލް ސިޓިޒަންޝިޕް" ގަބޫކްނުކުރާތީ ކޮންސިއުލޭޓްއިން އޭނާއާ މުއާމަލާތްކުރުމުގެ ފުރުސަތު އީރާނުން ނުދިނެވެ.

ޖާސޫސްކޮށްދިމުގެ ކުށުގައި އީރާނުން މިދިޔަ މަހު ވަނީ މީހަކަށް މަރުގެ ހުކުމް އިއްވައި ތަންފީޒްކޮށްފަ އެވެ.

އެހެން ގައުމުތަކުގެ ރައްޔިތުކަން އޮންނަ އެތައް ބަޔަކު ޖާސޫސްކޮށްދިނުމުގެ ކުށުގައި އީރާންގައި ހައްޔަރުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ.

އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އީރާން ރައްޔިތުކަން އޮންނަ ނަޒާނިން ޒަހްގާރީ ވެސް ހިމެނެ އެވެ. ޗެރިޓީއެއްގައި މަސައްކަތް ކުރުމުން ދިޔަ ނަޒާނިން މިހާރު ދަނީ ފަސް އަހަރުގެ ޖަލުގެ ހުކުމެއް ހޭދަކުރަމުންނެވެ.-- ބީބީސީ--

ގުޅޭ ޓެގު
comment ކޮމެންޓް