ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ލިބުމަށްފަހު ނޫނީ ދެން ވަޒީރުކަމެއް ބޭނުމެއް ނޫން: ޑރ. ޝަހީދު

10:00


ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ލިބުމަށްފަހު ނޫނީ ދެން ވަޒީރުކަން ބޭނުން ނޫން ކަމަށް، އިސްތިއުފާ ދެއްވާފައިވާ ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.


މިނިސްޓަރުކަމުން އިސްތިއުފާދެއްވި ބައެއް ސަބަބުތަކަށް ބައްލަވާލައްވަމުން އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި، ވާހަކަދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކަށް ރައްޔިތުންގެ މަޖިލީހުން ވަރަށްބޮޑަށް ހުރަސްއަޅާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިސްލާހް ވުމަށް ވެސް ޑރ.ޝަހީދު ގޮވާލެއްވި އެވެ.


މި ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ، އެމަޖިލީހުގައި ހިމެނިވަޑައިގަންނަވާ، އިދިކޮޅު މެންބަރުން، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް ހުރައް އެޅުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ ހިދުމަތްތަކަށް ހުރަސް އެޅުމަށް ތަފާތު ގާނޫނުތައް ފާސްކޮށް ގާނޫނުތަކަށް އިސްލާހް ގެނައުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު