އަބްދުﷲ އަނެއްކާވެސް ފުލުހަށް ހާޒިރު ކުރަނީ

މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާ ވެސް ޗިޓް ފޮނުވައިފި އެވެ.

ސަން އޮންލައިނަށް މައުލޫމަތު ދެއްވަމުން އަބްދުﷲ މިއަދު ވިދާޅުވީ މިއަންނަ އަންގާރަ ދުވަހުގެ 1:00 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑަށް މިއަދު ފުލުހުން ހަވާލުކުރި ޗިޓްގައި އޮންނަނީ ކަމެއް ސާފުކޮށްލުމަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް ދަންނަވާކަމަށް،" އަބުދުﷲ ވިދާޅުވި އެވެ.

ޑިސެމްބަރު 23 ގެ މުޒާހަރާއަށް މަދަނީ އިއްތިހާދު ތައްޔާރުވަމުން ދަނިކޮށް ވެސް އަބްދުﷲ ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އަބްދުﷲ ފުލުސް އޮފީހަށް ހާޒިރުވާން މިއަދު ޗިޓް ފޮނުވާފައިވާއިރު ބޮޑު މުޒާހަރާގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން ސަރުކާރުގައި އެދުނު ފަސް ޑިމާންޑް ފުރިހަމަ ކުރަން ދިން މުހުލަތު ހަމަވުމުން ދެން ސަރުކާރާމެދު ކަންތައް ކުރާނެގޮތެއް އިއުލާން ކުރުމަށް މަދަނީ އިއްތިހާދުގެ ނޫސް ކޮންފަރެންސެއް މިއަދު ބާއްވަން ވަނީ ނިންމައިފަ އެވެ.



ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު