ކަމަދުއިން ޕޮޒިޓިވްވީ ބިދޭސީއެއްނޫން، ދިވެއްސެއް: އަތޮޅު ހޮސްޕިޓަލް

ބ. ކަމަދޫ -- ފޮޓޯ: ބުކިން.ކޮމް

ބ. ކަމަދުއިން ކޮވިޑަށް ޕޮޒިޓިވްވީ ބިދޭސީ އެއް ނޫން ކަމަށާއި، އެރަށުން ޕޮޒިޓިވްވީ ދިއްވެސެއް ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

މިއަދު އެޗްޕީއޭ އިން ބުނެފައި ވަނީ، ކަމަދުއިން ޕޮޒިޓިވްވީ، ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭޝް މީހެއް ކަމަށެވެ.

ނަމަވެސް އެކަން ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ދޮގު ކުރައްވައެވެ. އަދި މި ކަމާ ގުޅިގެން އެރަށު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.

މުހައްމަދު ރަޝީދު މިރޭ "ސަން" އަށް ވިދާޅުވީ، މައުލޫމަތު އޮޅޭ ގޮތައް މީޑީއާތަކުގައި ހަަބަރު ރިޕޯޓުކޮށްފައިވުމުން އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

"ކަމަދުއިން ޕޮޒިޓިވްވީ އެންމެ މީހެއް. އެއީ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެއް. ބިދޭސީ މީހެއް ޕޮޒިޓިވް ނުވޭ،" މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް