އޮސްޓްރޭލިއާގައި ތިބޭ ޗައިނާ ދަރިވަރުން "ރަހީނުކޮށްގެން" ގޭންގުތަކުން ފައިސާ ހޯދަނީ

އޮސްޓްރޭލިއާގައި ދިރިއުޅޭ ޗައިނާގެ ދަރިވަރުން "ރަހީނުކޮށްގެން" ގޭންގުތަކުން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެއްޖެ އެވެ.

އެގޮތުން އެފަދަ ގޭންގުތަކުން ދަނީ ޗައިނާގެ ދަރިވަރުންނަށް ބިރު ދައްކައި "ފޭކް ކިޑްނެޕިން"ގެ މަންޒަރުތަކެއް އެމީހުން ލައްވާ ކުޅެ ދަރިވަރުންގެ އާއިލާތަކަށް ފޮނުވާ ފައިސާ ހޯދަމުންނެވެ.

އޮސްޓްރޭލިއާގެ ފުލުހުން ބުނީ އެފަދަ ހާދިސާތަކުގައި މިދިޔަ އަހަރު، އަށް ދަރިވަރަކަށް ބިރު ދައްކައިގެން 3.2 މިލިއަން ޑޮލަރު ގޭންގަތަކުން ހޯދައިފައިވާ ކަމަށެވެ.

އެފަދަ އެއް ހާދިސާއެއްގައި އޮސްޓްރޭލިއާގެ ސިޑްނީގައި ދިރިއުޅޭ 22 އަހަރުގެ ދަރިވަރެއްގެ މައިންބަފައިންގެ އަތުން ވަނީ 1.4 މިލިއަން ޑޮލަރު ހޯދައިފަ އެވެ.

ގޭންގަތުން ބޮޑަށް ޓާގެޓް ކުރަނީ އޮސްޓްރޭލިއާގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން އެހާ ބޮޑަށް ކަންތައްތައް ނޭނގޭ "ވަލްނަރަބަލް" ދަރިވަރުންނަށްކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ގޭންގުތަކުން ޗައިނާގެ ދަރިވަރުން އެމީހުންގެ ޝިކާރައަކަށް ހެދުމަށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ޗައިނާގެ އެމްބަސީ ނުވަތަ ފުލުހުންނަށް ހެދިގެން އެ ދަރިވަރުންނަށް ގުޅުން ހިމެނެ އެވެ. އަދި ޗައިނާގެ ފުލުހުން އެމީހުންގެ މައްސަލައެއް ބަލަމުންދާކަމަށް ބުނެ އެ ދަރިވަރުންނަށް ބިރު ދައްކައި ހަދަ އެެވެ.

އެއަށް ފަހު ހޮޓާތަކަށް ގެންގޮސް އެމީހުން ކިޑްނެޕްކޮށްފައިވާ ކަމަށް ދައްކަން މަޖުބޫރުކޮށް ވީޑިއޯ އަދި ފޮޓޯތަކަށް ނަގައި އެމީހުންގެ މައިންބަފައިންނަށް ފޮނުވުމަށް ފަހު ލާރި ފޮނުވަން މަޖުބޫރުކުރުވަ އެެވެ.

އޮސްޓްރޭލިއާގައި މިހާރު ވެސް ޗައިނާގައި 165،000 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. --ސީއެންއެން

comment ކޮމެންޓް