މިނިވަން ދުވަހާއި އީދާ ދިމާކޮށް އުރީދޫ މޫލީއިން ޑިޖިޓަލް ކާނިވަލެއް ފަށަނީ

މިއަހަރުގެ މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީގައި ޑިޖިޓަލް ކާނިވަލެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މިއަދުން ފެށިގެން އޮގަސްޓް ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް މި ކާނިވަލުން ވިޔަފާރިކުރާ ނަސީބުވެރި ފަރާތްތަކަށް ގިވްއަވޭސްގެ ގޮތުގައި އަގުހުރި އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކާނިވަލް ފެށުމަށްޓަކައި ކާނިވަލަށް ހާއްސަ ވަކި ސެކްޝަނެއް މޫލީ ޕްލެޓްފޯމުގައި ހުޅުވާނެ އެވެ.

މޫލީ ކާނިވަލުން ގަންނަން ލިބޭ ތަކެތީގެ ތެރޭގައި ސްމާޓް ފޯން، ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންގެ ވާހަކަފޮތްތަކުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި ހިމެނެ އެވެ. މޫލީއިން ގަންނަ ތަކެތި މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށް ޑެލިވަރީ ކޮށްދެވޭނެއެވެ.

މީގެ އިތުރުން އަޟްހާ އީދާ ދިމާކޮށް އުރީދޫ އެޕް މެދުވެރިކޮށް އީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ. ޢީދު ހަދިޔާ ފޮނުއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ
  2. މޫލީ ކާނިވަލް ސެކްޝަން ހިޔާރުކުރައްވާ
  3. ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓްއަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ
  4. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް ނުވަތަ ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ
  5. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފާމް ކުރައްވާ

މޫލީ ކާނިވަލުން ވިޔަފާރި ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީޑްރޯގައި ބައިވެރިވެ، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ގިވްއަވޭ ޕެކްތައް މޫލީގައި މިހާރު ލިސްޓްކުރެވިފައިވާ 18 ބްރޭންޑަކުން ވަނީ ހުށައަޅުއްވާފައެވެ.

އޭގެ ތެރޭގައި ތަކެތި، އައިޓީ ވޯލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލެ ޕާފިއުމް، ލިންކްސާރވް، ޕެންހޮމް، ރީމެކްސް، ސޭވިއަރސް، ދަ ސްޕޭސް، ވީސްޓޯރ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނެ އެވެ.

މީގެ ތެރެއިން ކޮންމެ ބްރޭންޑަކުންވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރި ކުރެއްވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެ އެވެ.

މި ކާނިވަލަށް ކޮންމެ ނެޓްވޯކަކުން ވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއިއެކު އީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއެކު ހިއްސާ ކޮށްލެވޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.

މޫލީގެ ޕާޓްނަރުންނާއެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަންދީގެން، އެޗް.ޕީ.އޭގެ އިރުޝާދުތަކާ ވެސް އެއްގޮތަށެވެ.

comment ކޮމެންޓް