މޯހަން މުތާއިން މަގުހަދަން ބޭނުންކުރާ ސާމާނު ވިއްކަނީ

މޯހަން މުތާއިން ވިއްކާ ކޮންކްރީޓް ބެޗިން ޕްލާންޓެއް--

އިންޑިއާގެ މޯހަން އަޝޯކާ ބިލްޑްކޮން އެލްއެލްޕީ ކުންފުނިން ރާއްޖޭގައި މަގުހަދަން ބޭނުންކުރާ ސާމާނު ގަންނާނެ ފަރާތެއް ހޯދަން ފަށައިފި އެވެ.

އެކުންފުނިން ބުނީ މި ތަކެއްޗަކީ ހުޅުމާލޭ ދެވަނަ ފިިޔަވަހީގެ މަގުހެދުމުގެ މަޝްރޫއުގައި ބޭނުންކުރި ތަކެތި ކަމަށެވެ.

މަހިންދުރަ ޓްރާންސިޓް މިކްސާ--

މިގޮތުން ވިއްކާ ތަކެއްޗަކީ ހައިޑްރޯލިކް އެކްސްކަވޭޓަރު، މޮޓޯ ކޭސް ގްރޭޑާ، ޓްރާންސިޓް މިކްސާ (މަހިންދުރަ ބްރޭންޑް) އަދި ކޮންކްރީޓް ބެޗިން ޕްލާންޓެކެވެ.

އެއްފަހަރު ބޭނުންކޮށްފައި ހުރި ނަމަވެސް މިތަކެއްޗަކީ އެ މަޝްރޫއުގައި ބޭނުންކުރަން އެކުންފުނިން މުޅިން އަލަށް ގަތް ތަކެއްޗެވެ. އަދި އެތަކެތި ރަނގަޅަށް ބަލަހައްޓާފައި ވުމުން އެތަކެތީގެ ކޮންޑިޝަން ވެސް ހުރީ ވަރަށް ރަނގަޅަށް ކަމަށް މޯހަން މުތާއިން ބުނެ އެވެ.

މޯހަން މުތއިން ވިއްކާ ހައިޑްރޯލިކް އެކްސްކެވޭޓަރެއް--

މިތަކެތި ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މިތަކެއްޗާ ގުޅޭ އިތުރު މައުލޫމާތު އަދި އަގު، މޯހަން މުތާގެ ޕްރޮޖެކްޓު އިންޖިނިއަރު (ފޯން ނަންބަރު 9779245)އަށް ގުޅައިލުމުން ލިބޭނެ އެވެ.

މޯހަން މުތާއިން ވިއްކާ މޮޓޯ ކޭސް ގްރޭޑާ--

comment ކޮމެންޓް