އެމްފައިސާ ކަސްޓަމަރުންނަށް ހަގް އީޓްސް އިން 10 ޕަސެންޓް ކޭޝްބެކް

ހަގް އީޓްސް އިން ކާއެއްޗެހި އޯޑަރުކޮށް 10 ޕަސެންޓް ކޭޝްބެކް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫ އެމްފައިސާ ކަސްޓަމަރުން، އެމްފައިސާ މެދުވެރިކޮށް ހަގް އީޓްސް ޑެލިވަރީސް އަށް ފައިސާ ދެއްކުމުން 150 އިން މަތީގެ ޑެލިވަރީތަކަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ހަގް އީޓްސް އަކީ ފުޑް ޑެލިވަރީ ޕްލެޓްފޯމެކެވެ. 500 އަށް ވުރެ ގިނަ ފުޑް އައިޓަމްސް މި ޕްލެޓްފޯމު މެދުވެރިކޮށް ޑެލިވަރީކޮށްދެއެވެ. މާލެ އާއި ހުޅުމާލޭގެ މަޝްހޫރު ގިނަ ރެސްޓޯރެންޓުތަކުގެ ކާބޯތަކެތި ހަގް އީޓްސް މެދުވެރިކޮށް އޯޑަރުކުރުމުން ގެއަށް ޑެލިވަރީ ކޮށްދޭނެއެވެ.

ހަގް އީޓްސް މެދުވެރިކޮށް ކާއެއްޗަކަށް އޯޑަރު ކުރުމަށް ޕްލޭ ސްޓޯ ނުވަތަ އެޕް ސްޓޯ މެދުވެރިކޮށް އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެއެވެ.

އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށް: https://bit.ly/HuqEats

އެމް ފައިސާ މެދުވެރިކޮށް މި އެޕްލިކޭޝަނުން ގަންނަ ކާއެއްޗަކަށް އޯޑަރު ދިނުމަށްފަހު، 10 ޕަސެންޓް ކޭޝް ބެކް ކްލެއިމް ކުރުމަށް އެންމެ ފުރަތަމަ އުރީދޫ އެމްފައިސާ އެޕްލިކޭޝަން އަށް ލޮގްއިން ވެލާށެވެ. ދެން ސްކޭން އެންޑް ޕޭ ސެލެކްޓު ކުރުމަށްފަހު، ހަގް އީޓްސްގެ ކިޔުއާރު ކޯޑް ސްކޭން ކޮށް، އެމައުންޓް އެންޓާ ކޮށްލާށެވެ. އެއަށްފަހު، ފޯނަށް ލިބޭ އޯޓީޕީ ޖަހާ ޕޭމެންޓް ކޮންފާމް ކޮށްލާށެވެ.

އުރީދޫ އިން ބުނީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އެމްފައިސާ އަށް ރެޖިސްޓްރީ ވެވޭނެ ކަމަށެވެ. ޔުޓިލިޓީ ބިލު ދައްކާލާ، ގޭހަށް އޯޑަރުކޮށް މަޝްހޫރު ރެސްޓޯރެންޓުތަަކުގެ ބިލަށް ފައިސާ ދައްކާ، އެމްފައިސާ އިން ލިބޭ އިތުރު ފައިދާތައް އެ ކަސްޓަމަރުންނަށްވެސް ލިބޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އެމްފައިސާ އަށް ރެޖިސްޓްރީ ވުމަށް އެންމެ ފުރަތަމަ އުރީދޫ އެޕްލިކެޝަން ޑައުންލޯޑުކޮށްލާށެވެ. އެމްފައިސާ ސެލެކްޓުކޮށް ރެޖިސްޓްރްރޭޝަން އަށް ކްލިކް ކޮށްލާށެވެ. ޑީޓެއިލްސްތައް ފިލްކޮށްލާ ފޯނަށް ލިބޭ އޯޓީޕީ ޖަހައި އެކައުންޓް އެކްޓިވޭޓުކޮށްލާށެވެ. ފޯނު ނަންބަރު ޖަހައި ހަތަރު ޑިޖިޓްގެ ޕިން އެއް ޖަހާށެވެ. ރެޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ކުރިން ޖެހި ނަންބަރާއި ޕިން އަލުންޖަހާށެވެ. ދެން ފޯނަށް ލިބޭ އޯޓީޕީ ޖަހައި ރެޖިސްޓްރޭޝަން ފުރިހަމަ ކޮށްލާށެވެ.

comment ކޮމެންޓް