މިފްކޯއަށް މަސް ކިރާފައިވާ ބިލުތަކަށް ފައިސާ ދޫކުރަން ފަށައިފި

ފެލިވަރަށް މަސް ކިރަން ގޮސް އޮތް ދޯންޏަކުން މަސް ކިރަނީ -- ސަން ފޮޓޯ/ ނަޖާހު މަސްުއޫދު

މަސްވެރިން މިފްކޯއަށް ކިރާފައިވާ މަހަށް ދައްކަން ޖެހޭ ފައިސާ މިއަދުން ފެށިގެން ދޫކުރަން ފަށައިފި އެވެ.

މިފްކޯއިން ބުނީ މަސްވެރިން މިފްކޯއަށް ކިރާ މަހުގެ ފައިސާ ލަސްނުކޮށް މަސްވެރިންނަށް ފޯރުކޮށްދިނުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެކެއް ޖުލައިއިން ފެށިގެން 12 ޖުލައިގެ ނިޔަލަށް މަސްވެރިންނަށް ދޫނުކުރެވި ހުރި ބިލުތަކުގެ ފައިސާ މިއަދުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

ޖުލައި 13ވަނަ ދުވަހުން ފެށިގެން ފައިސާ ދޫނުކޮށް ހުރި ބިލުތަކުގެ ފައިސާ އަވަސް ފުރުސަތެއްގައި ދޫކުރުމަށް ވެސް މިފްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯއިން ބުނީ މިވަގުތު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ފިނިކުރި މަހުގެ އަގު ހުރި ގޮތުން އެކުންފުނީގެ ވިޔަފާރީގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް