ކޮރޯނާ ވެކްސިންޖަހަން ބޭނުންކުރާނެ ސިރިންޖުތައް އުފައްދަން އަޕިޖެކްޓާ ހަވާލުކޮށްފި

ކޮވިޑް-19އަށް ވެކްސިންޖަހަން ބޭނުންކުރާނެ ސިރިންޖުތައް އުފައްދަން އަޕިޖެކްޓް ސިސްޓަމްސްއަށް ވަނީ ހަވާލުކޮށްފަ-

ކޮރޯނާ ވެކްސިންޖަހަން ބޭނުންކުރާނެ ސިރިންޖުތައް އުފައްދަން އެމެރިކާ ސަރުކާރުން އަޕިޖެކްޓް ސިސްޓަމްސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ ކުންފުނިން އުފައްދާނީ ޕްރީ ފިލްޑް ސިރިންޖުތަކެކެވެ. މީގެ ކުރިން ވެކްސިންތައް ހުންނަނީ ގްލާސް ވައިލްތަކުގައެވެ. އަދި އެ ވެކްސިން ދިނުމަށްޓަކައި އެ ގްލާސް ވައިލްތަކަށް ސިރިންޖެއް ކޮށްޕައިގެން އެ ވެކްސިން ނަގައި ޖަހައި ހަދައެވެ. ނަމަވެސް ޕްރީ ފިލްޑް ސިރިންޖްތަކުގައި ވެކްސިންގެ ޑޯޒްތައް ހަމައަށް ހުންނާނެއެވެ. އަދި ފަސޭހައިް އިންޖެކްޓްކޮށްލެވޭނެ އެވެ.

އެ ސިރިންޖްތައް އުފައްދަން އެމެރިކާގެ ސަރުކާރުން ވަނީ ބައި ބިލިއަނެއްހާ ޑޮލަރު އިންވެސްޓްކޮށްފަ އެވެ.

އެ ކުންފުނިން އުފައްދާ އިންޖެކްޓާއަށް ފެެެޑެރަލް ހެލްތު އޮތޯރިޓީތަކުން ހުއްދަ ދީފައި އަދި ނުވާ އިރު އެތަކެތި އުފައްދަން އެ ކުންފުނިން ފެކްޓްރީއެއް ވެސް އަދި ގާއިމްކޮށްފައެއްނުވެ އެވެ.

އަޕިޖެކްޓްގެ ކޯ ފައުންޑާ މާކް ކޮސްކާ މީގެ ކުރިން ވިދާޅުވީ ވެކްސިން ދިނުމަކީ އެ ކުންފުނިން ފުރަތަމަ ކުރަން ބޭނުންވި ކަމެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިން ކުރިން ބޭނުންވީ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ބޭނުންކުރާ ޕްރީ ފިލްޑް ސިރިންޖް އުފެއްދުން ކަމަށެވެ.

އެމެރިކާގެ ސަރުކާރުން އެދިފައި ވަނީ އަޕިޖެކްޓުން 100 މިލިއަން ޕްރީ ފިލްޑް ސިރިންޖް މިއަހަރު ނިމެންވާއިރަށް އުފެއްދުމަށެެވެ. އަދި އެކަމަށް ޓަކައި 138 މިލިއަން ޑޮލަރު ދޭން ސަރުކާރުން އޮތީ ހުށަހަޅައިފަ އެވެ.

އަދި ފަހުން ވަނީ ޕަބްލިކް- ޕްރައިވެޓް ޕާޓްނާޝިޕްއެއްގެ ދަށުން 500 މިލިއަން ޕްރީ ފިލްޑް ސިރިންހް އުފައްދަން 456 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.-- އޭޕީ--

comment ކޮމެންޓް